ޢިއްޒުއްދީން ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލްގެ ޓެރަސްގައި މަލްޓިޕާޕޯސް މެޓް އަޅައިދޭނެ ފަރާތެއް ހޯދުމަށް

ނަމްބަރު: IZS/IUL/2023/36

                                                             ތާރީޚު: 23 ޖުލައި 2023

އިޢުލާން

މި ސްކޫލްގެ ޓެރަސްގައި މަލްޓިޕާޕޯސް މެޓް އަޅައިދޭނެ ފަރާތެއް ހޯދުމަށް

 

މި ސްކޫލްގެ ޓެރަސްގައި މަލްޓި ޕާޕޯސް މެޓް އަޅައިދެއްވާނެ ފަރާތެއް ހޯދުމަށް މި ސްކޫލުން ކޮށްފައިވާ، ނަންބަރު: IZS/IUL/2023/27 ގެ އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބު ނުލިބުމުން އެ އިއުލާން ބާޠިލްކޮށް މި މަސައްކަތް ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް އަލުން އިއުލާންކޮށްފައިވާ ވާހަކަ ދަންނަވަމެވެ.  

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 23 ޖުލައި 2023 އިން 03 އޯގަސްޓް 2023 އިން ވާ ބުރާސްފަތި ދުވަހުގެ 11:30 ގެ ކުރިން މައުލޫމާތު ސާފުކުރެއްވުމަށްފަހު،  މި އިއުލާންގައި އެޓޭޗް ކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުއްވައި ތިރީގައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށެހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެޓޭޗްކޮށްފައި ވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 08 އޯގަސްޓް 2023 ވާ އަންގާރަ ދުވަހުގެ  11:30 އަށް މި ސްކޫލަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341700 އަށެވެ.

އީ-މެއިލް ކުރާނީ [email protected] އަށެވެ.

23 ޖުލައި 2023

 

 

 

 

 

 

23 ޖުލައި 2023
ހޯދާ