މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ގުރައިދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން

އިޢުލާން

 

ކ. ގުރައިދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން.

ކ. ގުރައިދޫގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ކ. ގުރައިދޫން އިން ދިރިއުޅުމަށް ބަންޑާރަ ގޯތިދޫކުރުމަށް، މިކައުންސިލްގެ 2023 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 107 ވަނަ އާއްމު ބައްދަލުވުމުން ފާސްކޮށް ގެޒެޓް ކުރެވިފައިވާ އުސޫލާއި އެއްގޮތަށް ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ފާހަގަކޮށްފައިވާ ސަރަހައްދުން 1051 އަކަފޫޓުގެ 276 ގޯއްޗަށް އެދި ފޯމް ފުރިހަމަކޮށް ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ. މިއިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަންވާ ޝަރުތުތައް:

  1. ދިވެހި ރައްޔިތެއް ކަމުގައިވުން.
  2. ގޯތި ދޫކުރުމަށް ކުރެވޭ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚާ ހަމައަށް މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
  3. ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓްރީވެފައި ނުވަތަ ލިބިފައި ނެތުން.
  4. ގޯއްޗަށް އެދޭ ފަރާތަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮންނަބައި މި އުޞޫލާއި އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން. (އެފަދައިން ދޫކޮށްލަން އެއްބަސްވާކަމުގެ އިޤުރާރު ފޯމާއިއެކު ހުށައަޅަންވާނެއެވެ).
  5. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ލިބިފައިވާ ފްލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ގޯއްޗަށްއެދޭ ފަރާތުގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން. ނުވަތަ މިފަދަ ބެއެއް ގަތުމަށް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.
  6. ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ލިބިފައިވާ ފްލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި އޮވެ އެތަން ދޫކޮށްލާތާ ނުވަތަ ވިއްކާފައިވާތާ 2 (ދޭއް) އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވުން.

 

ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓު ދިނުމުގެ އުޞޫލު

  1. 1.       ކައިވެނީގެ ބައި:

(ހ) މީހަކާ އިނދެގެން އުޅޭނަމަ                                      20 ޕޮއިންޓު

(ށ) ކައިވެންޏަށްވީ ކޮންމެ އަހަރަކަށް 01 ޕޮއިންޓް)                         10 ޕޮއިންޓު

       (މިގޮތުން ގިނަވެގެންދެވޭނީ 10ޕޮއިންޓެވެ.) (އިތުރު ތަފްޞީލް ބައްލަވާ)

 

 

 

(ށ) ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބިނަމަ

(18 އަހަރުންދަށުގެ)                                                   15 ޕޮއިންޓު

 

  1. 2.       ޢުމުރުގެ ބައި:

(ހ) ޢުމުރުން 18 އަހަރާ 30 އަހަރާ ދެމެދު ނަމަ (ގޯއްޗަށް އެދޭމީހާ)                  10 ޕޮއިންޓު

(ށ) ޢުމުރުން 30 އަހަރުން މަތިނަމަ  ( ގޯއްޗަށް އެދޭމީހާ)                        07 ޕޮއިންޓު

 

  1. 3.       ދަރިންގެ ބައި:

(ހ) 18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ                                   05 ޕޮއިންޓު

(ށ) 18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް            04 ޕޮއިންޓު

(މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓެވެ) (އިތުރު ތަފްޞީލް ބައްލަވާ)

(ނ) ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކު ހުރިނަމަ (އިތުރު ތަފްޞީލް ބައްލަވާ)   04 ޕޮއިންޓު

(ރ) އިނދެގެން އުޅޭތާ 5 އަހަރުވީއިރުވެސް ދަރިން ނުލިބި ތިބީ ޞިއްޙީ މައްސަލައެއްގެ

 ސަބަބުން   ކަމުގައި ޑޮކްޓަރ ދެއްވާފައިވާ ލިޔެކިޔުންތަށް ނުވަތަ އެކަމަށް ޑޮކްޓަރެއްގެ

 ފަރުވާ  ހޯއްދަވާފައިވާކަމުގެ ލިޔެކިޔުންތަށް ހުށަހަޅާފައިވާނަމަ (އިތުރު ތަފްޞީލް ބައްލަވާ)       05 ޕޮއިންޓް 

                         

  1. 4.       މައިން ބަފައިންގެ ބައި:

(ހ) މައިން ބަފައިންނާއި ދަރިން ފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުން  

ގެންދާނަމަ (އިތުރު ތަފްޞީލް ބައްލަވާ)                                      03 ޕޮއިންޓު

                                    

  1. 5.       ރަށްވެހިކަމުގެ ބައި:

(ހ) ރަށުގެ ރަށްވެއްސެއްނަމަ                                            25 ޕޮއިންޓު

(ށ) ކުރިން ރަށްވެހިވެފައިވާ ރަށްދޫކޮށް މި ރަށުގައި ރަޖިސްޓަރީވެ،

ދިރިއުޅޭތާ 5 (ފަސް) އަހަރު ވެފައިވާނަމަ.                                    15 ޕޮއިންޓު

(ނ) މި ރަށުގައި ރަޖިސްޓަރީވެފައި ނުވިނަމަވެސް މިރަށުގައި ދިރިއުޅޭތާ 10 (ދިހަ) އަހަރު      05 ޕޮއިންޓު

ވެފައިވާނަމަ. (އިތުރު ތަފްޞީލް ބައްލަވާ)

 

  1. 6.       ޙާއްޞަ އެހީގެ ބައި:

(ހ) ގޯއްޗަށް އެދޭފަރާތަކީ ހާއްސައެހީއަށް ބޭނުންވާ ފަރާތެއްކަން ބަޔާންކޮށް ކަމާއިބެހޭ

 ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް ހުށައަޅާފައިވާނަމަ (އިތުރު ތަފްޞީލް ބައްލަވާ)   05 ޕޮއިންޓް

 

 

 

އިތުރު ތަފްޞީލް

v     ގޯއްޗަށް އެދޭ މީހާގެ ހުންނަންވާ ޝަރުތުތަކުގައިވާ ގޮތަށް ގޯތި ލިބޭ ފަރާތަކީ ކުރިން ގޯއްޗެއް ލިބިފައިވާ ފަރާތެއްނަމަ މިބުރުގައި ލިބޭ ގޯތި ރަޖިސްޓްރީކޮށްދެވޭނީ ކުރިން ލިބިފައިގޯތި ސަރުކާރަށް ދޫކޮށްލިކަމުގެ ރަސްމީ ލިޔެ ކިޔުންތަށް ގުރައިދޫ ކައުންސިލް އިދާރާއަށް ލިބި، އެއީ ޞައްޙަ ލިޔުމެއްކަން ސާބިތުކުރުމަށް ފަހުއެވެ.

v     ކ. ގުރައިދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ އުސޫލުގެ ޖަދުވަލު 1 ގެ ކައިވެނީގެ ބައިން (ނ) ކައިވެނީގެ މުއްދަތު ގުނާނީ މި ދެމަފިރިންގެ ކައިވެންޏަށް މެދުކެނޑުމެއް ނުވާ ނަމައެވެ. ނަމަވެސް ވަރިވެ އިއްދައިގެ ތެރޭގައި ރުޖޫޢަ ކޮށްފައިވާނަމަ އަހަރު ގުނާނީ ފުރަތަމަ ކައިވެނިކުރި ތާރީޚުން ފެށިގެންނެވެ. މުއްދަތު ބެލުމުގައި ޕޮއިންޓުދޭނީ 1އަހަރާ 6މަސް ނަމަ 2 ޕޮއިންޓު މި އުޞޫލުން. މިގޮތަށް ބަލާނީ ހުށަހަޅާފައިވާ ކައިވެނީގެ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ.

v     ކ. ގުރައިދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ އުސޫލުގެ ޖަދުވަލު  1ގެ 5 ވަނަ ޕޮއިންޓުގެ (ހ) ގައި ބަޔާންކޮށްފައިވާ ރައްވެއްސެއްކަމުގައި ބަލާނީ މިރަށުގައި ރަށްވެހިވެ ދިރިއުޅޭތާ 15 އަހަރު ވެފައިވާނާމައެވެ.

v     ކ. ގުރައިދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ އުސޫލުގެ 16ގެ (ށ) ގައިވާ ޢުމުރުގެ ބައި ބަލާނީ ގޯތި ދޫކުރުމަށް އިޢްލާނުގެ މުއްދަތު ހަމަވާ ތާރީޚާ ހަމައަށް މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.

v     ކ. ގުރައިދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ އުސޫލުގެ ޖަދުވަލު  1ގެ 3 ވަނަ ޕޮއިންޓްގެ (ށ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓު ދިނުމުގައި  4 ދަރިންނަށްވުރެ ގިނައިން ދަރިން ތިބި ކަމުގައި ވިޔަސް ދެވޭނީ ޖުމުލަ 16 ޕޮއިންޓެވެ. އަދި މަންމަ ދަރިން ބަލަމުން ގެންދިޔަކަމުގައިވިޔަސް ދަރިންގެ ބައްޕަ ޤަވައިދުން ޚަރަދުދޭކަމަށް ޝަރުޢީ ލިޔުން، ދަރިންގެ ބައްޕަ ގޯއްޗަށް އެދި ހުށަހަޅާ ފޯމާއި އެކު ހުށަހަޅައިފިނަމަ، މިބައިން އެ ދެފަރާތަށްވެސް ޕޮއިންޓް ދެވޭނެއެވެ. ދަރިން ތިބެގެން ޕޮއިންޓުދޭނީ ގޯއްޗަށް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައިތިބި ދަރިންނަށެވެ. (މިސާލަކަށް: ދަރިފުޅު ނުވަތަ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދިފައިވާ މީހާ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭ މީހެއްކަމުގައި ނުވާނަމަ ދަރިންނަށްދޭ ޕޮއިންޓު ގޯއްޗަށްއެދިފައިވާ މީހާއަށް ދޭކަށް ނުޖެހޭނެއެވެ.

v     ކ. ގުރައިދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ އުސޫލުގެ ޖަދުވަލު 1 ގެ 4 ވަނަ ޕޮއިންޓްގައިވާ މައިން ބަފައިން، އަދި ދަރިން ފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުން ގެންދާނަމަގެންދާތީ ޕޮއިންޓު ލިބޭނީ ކޯޓުން ޝަރުޢީ ގޮތުން ބެލުމަށް ޙަވާލުކޮށްފައިވާ ފަރާތްތަކާއި، އެއްވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއްކޮށް ނޫޅެވޭފަދަ ފަރާތެއް ބަލަމުން ގެންދާނަމައެވެ.

v     ކ. ގުރައިދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ އުސޫލުގެ ޖަދުވަލު 1 ޢުމުރުގެބައިން: (ހ) (ށ) ޢުމުރު ބަލާނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހާގެ އެވެ.

 

 

 

 

 

v     ކ. ގުރައިދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ އުސޫލުގެ ޖަދުވަލު 1 ގެ 6 ވަނަ ޕޮއިންޓް (ޚާއްޞަ އެހީގެ ބައި) ގެ (ހ) ގައިވާ ފަދަ ފަރާތްތަކަށް ޕޮއިންޓް ދެވޭނީ ޚާއްސައެހީއަށް ބޭނުންވާ ފަރާތެއްކަން ބަޔާންކޮށް ކަމާއިބެހޭ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބިނާކޮށެވެ.

v     ކ. ގުރައިދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ އުސޫލުގެ ޖަދުވަލު  1ގެ 5 ވަނަ ޕޮއިންޓް (ނ) ގައި ބަޔާންކުރާ ފަރާތްތަކުން ކ.ގުރައިދޫގައި ދިރިއުޅޭކަމުގެ ރަސްމީ ލިޔުމެއް ރަށު ކައުންސިލްގެ އިދާރާއިން ހޯދާ ހުށަހަޅަންވާނެއެވެ.

ގޯތި ލިބޭގޮތް:

 

v     ގޯތި ލިބޭ ފަރާތް ހޮވުމުގައި އެންމެ ފަހު ގޯއްޗަށް ނުވަތަ ގޯތިތަކަށް ވާދަކުރަން އެއްފަރާތަށްވުރެ ގިނަފަރާތުން އެއް އަދަދަކަށް ޕޮއިންޓް ލިބިފައިވާ ނަމަ އެންމެ ފަހު ގޯތި ނުވަތަ ގޯތިތައް ލިބޭ ފަރާތް ކަމުގައި ނިންމާނީ އެއްވަރުވި ފަރާތްތަކުގެ މެދުގައި މިއުޞޫލުގެ 21 ވަނަ މާއްދާއާއި އެއްގޮތަށް ގުރުއަތު ލައިގެންނެވެ.

v     ހުށައަޅާފައިވާ މަޢުލޫމާތަށް އައިސްފައިވާ އުނި އިތުރު ބަލާނީ ގޯއްޗަށް އެދި ހުށައެޅުމަށްދޭ އެންމެ ފަހު ތާރީޚާއި ހަމައަށެވެ. އަދި ބޯހިޔާވަހިކަމުގެ ޙާލަތު ބަލާނީ ގޯތި ޙަވާލުކުރާ ތާރީޚާއި ހަމައަށެވެ.

ވީމާ، މިއަދުން ފެށިގެން ދިވެހި ސަރުކާރުގެ ގެޒެޓުން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އަދި ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުސޫލާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް އެދި ހުށައެޅުމަށް ބޭނުންވާ ފޯމް ރަސްމީ ކޮންމެ ދުވަހަކު 23 ޖުލައި 2023 ވާ އާދީއްތަ ދުވަހުން ފެށިގެން 31 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 9:00 އިން 11:30 އަށް އަދި 13:00 އިން 14:00 އަށް މިއިދާރާގެ ކައުންޓަރުން ފޯމު ލިބެން ހުންނާނެއެވެ.

އަދި ފޯމް ބަލައިގަތުން އޮންނާނީ 13 އޮގަސްޓް 2023 ވާ އާދީއްތަ ދުވަހުން ފެށިގެން 31 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 11:30 އަށް އަދި 13:00 އިން 14:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

02  މުޙައްރަމް 1445

20  ޖުލައި  2023

20 ޖުލައި 2023
ހޯދާ