ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:

2 (ދޭއް)

ރޭންކް:

އެސް.އެސް 1

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގުރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ލ. ފޮނަދޫ ކައުންސިލްގެ އިދާރާގެ ބެލުމުގެދަށުގައިވާ މިސްކިތްތަކުގެ ތެރެއިން މި އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި.

މުސާރަ:

3100.00 ރުފިޔާ

ސަރވިސްއެލަވަންސް:

1000.00 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުން.

މަޤާމުގެ މައްއޫލިއްޔަތާއި ވާޖިބުތައް:

  1. ކޮންމެ ނަމާދެއްގެ ވަގުތު ޖެހުމުގެ 15 މިނެޓުގެ ކުރިން މިސްކިތަށް ހާޒިރުވެ، މިސްކިތުގެ އެތެރެއާއި، އިސްކުރުބަރިއާއި، ފާޚާނަތައް ސާފުކުރުން.
  2. މިސްކިތުގެ އިސްކުރުބަރިއާއި، ފާޚާނަތަކާއި، މިސްކިތުގެ ގޯތިތެރެއާއި، އިންފާރުގެ ބޭރުމަގުގެ ދެބައިކުޅައެއްބައި ސާފުކުރުން.
  3. މިސްކިތުގައި ހިފާގެންގުޅޭ ތަކެތި ސާފުކޮށް ބެލެހެއްޓުން.
  4. ހަމަޖެހިފައިވާ އުސޫލުން، މިސްކިތުގެ ލައިޓްތައް ދިއްލަންޖެހޭ ވަގުތުގައި ދިއްލުމާއި، ނިއްވަންޖެހޭ ވަގުތުގައި ނިއްވުން.
  5.  އިމާމް ނުވަތަ މުދިމު އަންގާ ގޮތެއްގެ މަތިން، މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދުމާއި، ގަސްތަކަށް ފެންދިނުން.
  6. މިސްކިތު ވަޅުގެ ދިޔަހިއްކައި، އެ ވަޅު ސާފުކޮށް ބެލެހެއްޓުން.
  7. މިސްކިތުގައި ކުރަމުންދާ އެކިއެކި މަސައްކަތްތަކުގައި އެހީތެރިވެ، އިމާމް ނުވަތަ މުދިމު އަންގާ ގޮތެއްގެ މަތިން މަސައްކަތްކުރުން.

އިންޓަވިއުއާއި، ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަވިއުކުރުން އޮންނާނެ ތާރީޚާއި ގަޑިއާއި ތަން، މި އިދާރާއިން ލިޔުމުން އަންގާނެއެވެ.

މާޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު ފުރުމަށްފަހު، 2015 ފެބުރުވަރީ 17 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ލ. ފޮނަދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

މި މަޤާމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގައި މަސައްކަތްކުރާނަމަ، ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ޤަވާއިދުގައިވާ ގޮތުގެމަތިން ދެވޭ އެންމެހައި ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓު www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ. 
  4. ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ.
  5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްޢޫލިއްޔަތު އެނގޭ ރަސްމީ ލިޔުން.
  6. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒިފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ މިންގަނޑު:

ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޢަމަލުކުރައްވަން ފަށްޓަވާފައިވާ "ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

އިތުރު މަޢުލޫމާތު:

- ވަޒީފާއަށް އެދި އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް، އެޕްލިކޭޝަނާއެކު ހުށަހެޅި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު އަނބުރާ ހަވާލުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނީ 6800082 ނަންބަރު ފޯނާއެވެ.

18 ރަބީޢުލްއާޚިރު 1436

08 ފެބުރުވަރީ 2015
ހޯދާ