ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ޓްރެއިނަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އޮތޯރިޓީން 25 ޑިސެންބަރު 2014 ގައި ކުރި ނަންބަރު IUL)428/1/2014/10 ގެ އިޢުލާނުގައިވާ ޓްރެއިނަރގެ މަގާމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން މި މަޤާމަށް އިޢުލާން ކުރަމެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕލކ (އެސް.ޓީ.އޯ) އާ ގުޅިގެން ހިންގާ ފާމަސީ އެސިސްޓެންޓުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ބައިވެރިންނަށް ތަމްރީނު ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބޭނުންވާ މަޤާމް: ޓްރެއިނަރ

ބޭނުންވާ އަދަދު: 3 (ތިނެއް)              

މަސައްކަތުގެ މުއްދަތު: 3 (ތިނެއް) މަސްދުވަސް.

މަސައްކަތުގެ ވަގުތު: ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 3:00 (އޮފީހުން ބޭޏުންވެއްޖެ ޙާލަތެއްގައި، ހަވީރު 5:00 ޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއެއްގެއިރަށް -/200 ރުފިޔާ.

ގިންތި: ވަގުތީ

ފެންވަރު/ޝަރުޠު:

1. ފާމަސިސްޓްކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތ

2. ފާމަސިސްޓްކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ފާމަސިސްޓްކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

ފާމަސީ އެސިސްޓެންޓުން ތަމްރީނުކުރާ ކޯހަށް ކިޔަވައިދިނުމާ ގުޅޭ އެންމެހައި ކަންކަން ކުރުން.

މަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން                         

އިންޓަވިއުކުރުން:

ހ. ޓްރެއިނަރުން ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، 2015 މާރިޗު 1 އާއި 5 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، މަސައްކަތަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.

ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)

ނ- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވެލިޑޭޓްކޮށް، އެޓެސްޓްކޮށްފައިވާ)

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ބ- ކުރިން ވަޒިފާއެއް އަދާކޮށްފައިވާނަމަ، ރެފަރެންސް ލެޓަރ.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / ހ. ވެލާނާގެ (1 ވަނަ ފަންގިފިލާ) ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ފެބުރުވަރީ 22 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

 މި ޢިއުލާނާ ގުޅިގެން މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި މަސައްކަތް ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ ނަންބަރު 3344077 / 3341313  ފޯނަށް ގުޅުން އެދެމެވެ.

 22 ރަބީޢުލްއާޚިރު 1436

12 ފެބުރުވަރީ 2015
ހޯދާ