މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެމެންޑްމަންޓް 1 - މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހަށް ބޭނުންވާ އެޗް.ސީ.އައި ސޮލިއުޝަން ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

                                                       އިއުލާން ނަމްބަރު: (IUL)475/475/2023/137

އިއުލާން އެމެންޑްމަންޓް 1

"މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހަށް ބޭނުންވާ އެޗް.ސީ.އައި ސޮލިއުޝަން ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އެޗް.ސީ.އައި ސޮލިއުޝަން ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ސުރުޚީގައި ދަންނަވާފައިވާ ތަކެތި ހޯދުމަށް 06 ޖުލައި 2023 ގެ އި ކުރެވިފައިވާ ނަންބަރު(IUL)475/475/2023/126  އިއުލާނުގައިވާ ޓެކްނިކަލް ސްޕެސިފިކޭޝަންގެ މައުލޫމާތުވަނީ އިތުރުކުރެވިފައެވެ. މި އިޢުލާނާ އެކު ޓެކްނިކަލް ސްޕެސިފިކޭޝަނަށް އިތުރުވެފައިވާ މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައިގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ހިމެނިފައިވާ ޓެކްނިކަލް ސްޕެސިފިކޭޝަން މި އިއުލާނުން ޑައިންލޯޑްކުރެވޭނެއެވެ. އަދި ތިރީގައިވާ އެޑްރެހަށް އީމެއިލްކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ

އީމެއިލް : [email protected]

       [email protected]            

ފޯން: 306982/3026975

20 ޖުލައި 2023
ހޯދާ