ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ފުޓްބޯޅަ ކޯޗެއް ހޯދުމަށް

މި އިޢުލާންވަނީ 19 ޖުލައި 2023 12:13 ގައި ބާތިލް ކުރެވިފައެވެ.


މަޤާމު:

ފުޓްބޯޅަ ކޯޗު (ފިރިހެން)

ބޭނުންވާ އަދަދު:

01

މަޤާމުގެ ބާވަތް:

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ.)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް

މުސާރަ:

 5000ރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ހަމަޖެހިފައިވާ ތާވަލަށް ފުޓްބޯޅަ ފަރިތަކުރުންތައް ބޭއްވުން.

މަޤާމުގެ ޝަރުޠުތައް:

ފުޓްބޯޅަ ކޯޗިންގ ސެޓްފިކެޓް ދަށްވެގެން ސީ ލައިސަންސް އޮތުން ނުވަތަ ކްލަބު/ އެކަޑަމީއަކަށްވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މަސައްކަތު ތަޖްރިބާ
  • ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން އަދި މި ދާއިރާގައި މަސައްކަތް ކޮށްފައިވުން.

ވަޒީފާގެ ދާއިރާތައް:

  • ކޯޗިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު 
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން  ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި (މިގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެ) ތަކެތި ހުށަހަޅާނީ 30 މޭއި 2023 ވާ އާދިއްތަ ދުވަހުގެ 00:00 ގެ ކުރިން، އެސް-އޯ މޯލްޑިވްސްގެ އޮފީހަށް ނުވަތަ އީ-މެއިލް [email protected] މެދުވެރިކޮށެވެ. 

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ފުޓްބޯލަ ކޯޗިންގް ދާއިރާއިން ލިބިފައިވާ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ 31 ޖުލައި 2023  ވާ ހޯމަ ދުވަހު 13:00 ގައި އެސް-އޯ މޯލްޑިވްސް އޮފީހުގައެވެ. 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7939944 އަށެވެ. އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ.

19 ޖުލައި 2023
ހޯދާ