މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހަދިޔާއަކަށް ދިނުމަށް ބޭނުންކުރާނެ ޚާއްޞަ ހަދިޔާ (ސްޕެޝަލް ގިފްޓް) ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބެނުންވެއްޖެ

މި ކޯޕަރޭޝަނުން 2015 ވަނަ އަހަރު ބައިވެރިވާ ފެއަރތަކާއި އަދި އެހެނިހެންވެސް ޓޫރިޒަމް ޕްރޮމޯޝަނަލް އިވެންޓްތަކަށް ޒިޔާރަތްކުރާ މެހެމާނުންނަށް ހަދިޔާއަކަށް ދިނުމަށް ބޭނުންކުރާނެ ޚާއްޞަ ހަދިޔާ (ސްޕެޝަލް ގިފްޓް) ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަންތައް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 19 ފެބުރުވަރީ 2015ވާ ބުރާސްފަތި ދުވަހުގެ 02:00 އަށް މި ކޯޕަރެޝަނަށް (ވެލާނާގޭގެ 4 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 މާރިޗު 2015ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ 02:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

22 ރަބީޢުލްއާޚިރު 1436

12 ފެބުރުވަރީ 2015
ހޯދާ