އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޖެނިޓޯރިއަލް ޚިދުމަތް ފޯރުކޮށްދިނުމާއި އޮފީހުގެ ސައި ކޮޓަރިތައް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުންކޮށްދޭނެ ފަރާތެއް ހޯދުމަށް

އޮޑިޓަރ ޖެނެރަލްގެ އޮފީސް ހިންގަމުން ދާ ސްޓަރ ކްލައުޑްސްބިލްޑިންގގެ 1، 2، 3 އަދި 4 ވަނަ ފަންގިފިލާއާއި ބިއްލޫރިޖެހިގޭގެ 1 ވަނަ ފަންގިފިލާއާއި ގްރައުންޑް ފްލޯގެ ހުޅަނގު ފަޅީގެ ޖެނިޓޯރިއަލް ޚިދުމަތް ފޯރުކޮށްދިނުމާއި އޮފީހުގެ ސައި ކޮޓަރިތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ބީލަން ރަޖިސްޓްރީ ކުރެއްވުމަށް 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބީލަން ރަޖިސްޓްރޭޝަން ފޯމް [email protected] މެދުވެރިކޮށް ހުށަހެޅުއްވުމަށް އެދެމެވެ. އަދި މި އޮފީހަށް ވަޑައިގެން ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުއްވުމަށް އެދޭ ފަރާތްތަކުން 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށް ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 09:00 ން މެންދުރުފަހު 14:00 ދެމެދުގެ ވަގުތެއްގައި ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިފިލާގައި ހުންނަ މި އޮފީހުގެ އިދާރީ ބަޔަށް ވަޑައިގެން ފޯމް ހުށަހެޅުއްވުމަށް އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

ބީލަމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް އަދި ސައިޓް ވިޒިޓް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް 24ޖުލައި 2023 ވާ ހޯމަ ދުވަހުގެ 14:00 އަށް ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިފިލާގައި ހުންނަ މި އޮފީހުގެ އިދާރީ ބަޔަށް ވަޑައިގެންދެއްވުން އެދެމެވެ. ބީލަން ހުށަހެޅުން އޮންނާނީ 7 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި، ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިފިލާގައެވެ. ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ދުވަހު 11:00 ގެ ފަހުން ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.  

18 ޖުލައި 2023
ހޯދާ