މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންލިބުނުގޮތުގެ ފައިނަލް ލިސްޓް އިޞްލާޙު ކުރުން

 

 

ބަންޑާރަ ގޯތިދޫކުރުން 2022

         2022ވަނަ އަހަރު ބަންޑާރަގޯތި ދޫކުރުމަށް މިކައުންސިލުންކުރި އިޢުލާނާގުޅިގެން ފޯރމް ހުށަހެޅިފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ފައިނަލްޝީޓް މިކައުންސިލްގެ (IUL)325-MS/325/2023/11 (14 ފެބްރުއަރީ 2023 ) އިޢުލާނާއެކު ޢާންމު ކޮށްފައި ވަނިކޮށް އެލިސްޓްގައި   ގޯއްޗަށް އެދި ހުށަހެޅުއްވި ފަރާތެއްކަމުގައިވާ ބގޮއިދޫ ރަންގަލި ރުޚްސާނާ ނަޞީރަކީ ބަންޑާރަ ގޯތިދޫކުރުމުގެ ޤަވާޢިދުގެ ދަށުން ޝަރުޠު ފުރިހަމަ ނުވާފަރާތެއް ކަމަށް ކަނޑައަޅާފައިވާތީ ،ރުޚުސާނާ ނަޞީރު މިކައުންސިލާ ދެކޮޅަށް ބ ގޮއިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވި މައްސަލައަކާގުޅިގެން އެކޯޓުގެ ނަމްބަރ 2023-F16C-CIV-8 ޤަޞިއްޔާއިން ރުޚުސާނާ ނަޞީރު ޝަރުޠު ފުރިހަމަނުވާކަމަށް ގޮއިދޫ ކައުންސިލުން ކަނޑައަޅާފައިވަނީ ޕޮއިންޓް ދިނުމުގެ އުޞޫލާ ޚިލާފަށްކަމަށް ކަނޑައަޅާ  ، ރުޚުސާނާ ނަޞީރު ޝަރުޠު ފުރިހަމަވާ މީހުންގެ ލިސްޓްގައި ހިމެނުމަށް މިކައުންސިލްގެ މައްޗަށް އަމުރުކޮށްފައިވާތީ ، މިޙުކުމާއެއްގޮތަށް  ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ލިސްޓްގައި ރުޚުސާނާ ނަޞީރު ހިމެނުމަށްފަހު އަލުން ފައިނަލް ލިސްޓް މިއިޢުލާނާއެކު ޢާންމު ކުރަމެވެ.

            ގޯތިދޫކުރުމުގައި،  ބ ގޮއިދޫކޯޓްގެ މިޙުކުމާގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަން  ޤާނޫނީ ޓީމުން ފާހަކުރައްވާތީއާއި ، އަދި ގެވަޅުކޮމިޓީންވެސް ، މިމައްސަލައާއި ގުޅިގެން މަސްލަޙަތު ފުށުއަރާ އެހެންބައެއް ކަންކަން ހުރިކަމަށް ފާހަގަ ކުރައްވާފައިވާތީ ، އެކަންކަން ވަކިގޮތަކަށް ނިންމުމަށްޓަކައި ، މިވަގުތު ގޯތިދޫކުރުމުގެ ދެންހުރި މަރުޙާލާތައް މަޑުޖައްސާލާފައިވާ ވާހަކަވެސް ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

        

 

                                                    

18 ޖުލައި 2023
ހޯދާ