ފެލިދެއަތޮޅު ރަކީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ.ރަކީދޫ އާއިލީވެހިއޭ ކިޔުނު ގޯތީގައި ހަދާފައިވާ ކޮޓަރީގެ ތެރެއިން ބަދިގެއެއް hedunq

ވ.ރަކީދޫ އާއިލީވެހިއޭ ކިޔުނު ގޯތީގައި ހަދާފައިވާ ކޮޓަރީގެ ތެރެއިން ބަދިގެއެއް ހަދައިދޭނެ ފަރާތެއް ހޯދުން

        ވ.ރަކީދޫ އާއިލީވެހީގައި ޢިމާރާތްކޮށްފައިވާ ކޮޓަރީގެ ތެރެއިން ކަށްކައި ކެވޭނެގޮތަށް "ބަދިގެއެއް" އަމިއް ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

          މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ދެއްވުން 01 އޯގަސްޓް 2023 ވާ އަންގާރަ ދުވަހު 13:00 ގައި މި އިދާރާގައި އޮންނާނެއެވެ. މިކަމަށް އެދި ހުށަހަޅާފައިވާ ބިޑްތައް ކެނޑުން އޮންނާނީ 03 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހު މެންދުރު 13:00 ގައި ކުރިމަތި ލެއްވި ފަރާތްތަކުގެ ހާޒިރުގައި މި އިދާރާގައެވެ.

           އަދި ދަންނަވަމެވެ. ކުންފުނި ލޯކަލްއިންވެސްޓްމަންޓް، ކުލަބު ޖަމުއިއްޔާ ނުވަތަ ކޯރޕަރޭޓިވް ސޮސައިޓީފަދަ ރަޖިސްޓްރީ ކޮށްގެން ހިންގާ ފަރާތްތަކާއި އަމިއްލަ ވަކިވަކި ފަރުދުންނަށްވެސް އަންދާސީ ހިސާބު ހުށަހެޅުއްވޭނެވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމަށް ބަދަލުގައި ވަޑައިގަންނަނަމަ، ބަދަލުގައިކަން އަންގާ ލިޔުން ހުށަހަޅަން ވާނެއެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށަހަޅާނީ ސިޓީ އުރައެއްގައި ބަންދުކުރުމަށްފަހު މިކައުންސިލް އިދާރާއަށެވެ.

          ވީމާ، މިކަމަށްއެދި ކުރިމަތިލައްވާ ފަރާތްތަކުން 03 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.

މިކަމަށް އެދި ހުށަހަޅުއްވާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:

*. ހުށަހަޅާ އެންމެ ކުޑަ އަގަކަށް %95

*. މީގެ ކުރިން އެފަދަ މަސައްކަތް ކޮށްފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅާފައިވާނަމަ %5

*. ޖުމްލަ 0 މާކްސް

18 ޖުލައި 2023
ހޯދާ