ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ނިލަންދެއަތޮޅު ދެކުނުބުރީ މީދޫގައި ފުޓްސަލް ދަނޑެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ނިލަންދެއަތޮޅު ދެކުނުބުރީ މީދޫގައި ފުޓްސަލް ދަނޑެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:

 

1.   ދ. މީދޫގައި ފުޓްސަލް ދަނޑެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

2.   މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިތުރު މަޢުލޫމާތު ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3.  މި ބީލަމުގައި ރަޖިސްޓަރީ ކުރުމަށް 2023 ޖުލައި 18 ން 2023 އޯގަސްޓް 1 ގެ ނިޔަލަށް " ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް " ފުރިހަމަ ކުރެއްވުމަށްފަހު ދެވިފައިވާ އީމެއިލަށް ފޮނުއްވުމަށް ދެންނެވީމެވެ. މެއިލް ކުރެއްވުމަށް ފަހު މެއިލް ލިބިފައިވާ ކަން ޔަޤީން ކުރެއްވުމަށް މިއިދާރާގެ ފޯނަށް ގުޅުއްވައި ޔަޤީން ކުރެއްވުމަށްވެސް ދަންނަވަމެވެ. ބީލަން ހުށަހެޅުއްވޭނީ މިމުއްދަތުގައި ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށެވެ. " ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް " މި އިއުލާނާއި އެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިއިދާރާއިން ލިބެން ހުންނާއެވެ.

4.  މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖުލައި 30 ވަނަ ދުވަހުގެ ކުރިން މިއުލާންގެ 9  ވަނަ ނަމްބަރުގައިވާ  އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

5.  ބީލަން ހުށަހެޅުއްވުމާއި ބީލަން ހުޅުވުން އޮންނާނީ 2023 އޯގަސްޓް 10 ވަނަ ދުވަހުގެ 11.00 ގައި ދ. މީދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައެވެ.

6.  މި ޕްރޮޖެކްޓްގެ ބީލަންފޮތް، ބީލަން ހުށަހަޅާ ފޯމް، ބީލަމުގައި ރަޖިސްޓްރީވުމަށް ހުށަހަޅާފޯމް, ފުޓްސަލް ގްރައުންޑް ބީ.އޯ.ކިއު އަދި ކުރެހުންތައް މި އިޢުލާނާއެކު އާއްމުކުރެވިފައި ވާނެއެވެ.

7.  ބީލަން ހުށަހަޅުއްވަނީ ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތް ނޫން އެހެން ފަރާތެއް މެދުވެރިކޮށް ކަމުގައި ވަނީނަމަ އެފަރާތަކީ  ބީލަމުގައި ރަޖިސްޓަރ ކުރައްވާފައިވާ ފަރާތް ތަމްސީލް ކުރައްވާ ފަރާތެއްކަން އެނގޭނެ ބީލަން ހުށަހަޅާ ފަރާތުގެ ރަސްމީ ލިޔުން  ހުށަހަޅުއްވަން ވާނެއެވެ.

8.  ބީލަމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަށް ހުށަހެޅުއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.

9 .  މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

              ޕްރޮކިއުމަންޓް ސެކްޝަން.   

              ދ. މީދޫ ކައުންސިލް އިދާރާ / ދ. މީދޫ/ ދިވެހިރާއްޖެ

              ފޯން 6760005/6760042/7357012

              އީމެއިލް [email protected]

                   ކޮޕީ އީމެއިލް: [email protected]

18 ޖުލައި 2023
ހޯދާ