ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސުވިމިންޓްރެކް އަޅާ ސަރަހައްދުގައި ހުރި ތަކެތި ނެގުމާގުޅޭ،

މިރަށު " ބޮޑުރަސްގެފާނުމަގު " މަގުން ހުޅަނގަށް، ގޮނޑުދޮށުގައި ދަގަނޑު ޖަހައި މާރކްކޮށްފައިވާ އިމުން ދެކުނަށް ހިމެނޭ ސަރަހައްދުގެ މޫދާއި އަތިރިމަތީ ހޭޅި ފަށުގައިވާ ތިރީގައި މިދަންނަވާ ތަކެތި، އިރުޝާދު ދީފައިވާ ގޮތަށް 2023 ޖުލައި 25 ވާ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ނަންގަވައި ދެއްވުން އެދެމެވެ.

 

1-      އެސަރަހައްދުގެ މޫދާއި އެއްގަމުގައި ހުރި އުޅަނދުތައް ފާހަގަ ޖަހާފައިވާ ދަގަނޑުން އުތުރަށް ބަދަލުކުރުން.

2-      އެސަރަހައްދުގައިވާ އެހެނިހެން ތަކެތި (ރުއް، ގަސް، ލަކުޑި ފަދަތަކެތި) ނަގައި ބިން ސާފް ކުރުން

 

16 ޖުލައި 2023
ހޯދާ