ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯގޯ ފަރުމާކުރުމުގެ މުބާރާތް

މިއިދާރާގެ ނަންބަރު: D-381/IUL-2023/33 އިޢުލާނާއިގުޅިގެން ހުށައަޅާފައިވާ ލޯގޯތައް އިވެލުއޭޓް ކުރުމުގައި ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލާއިރު، މުބާރާތުގެ މަގްސަދު ޙާޞިލްވާފަދަ ފެންވަރެއްގައި ކުރެހިފައިވާ ލޯގޯއެއް ހިމެނިފައިނުވާތީ، މިއިދާރާގެ ރަސްމީ ލޯގޯ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ ވީމާ،މިކަމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ. މި މުބާރާތާގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

  • މުބާރާތުން 1 ވަނައަށް ހޮވޭ ފަރާތަކަށް 12000.00ރ ( ބާރަހާސްރުފިޔާ ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.
  • މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން، 2023 އޯގަސްޓް 17 ވަނަދުވަހުގެ 12:00ގެ ކުރިން، މަޢުލޫމާތުގައިވާ ގޮތަށް ފަރުމާތައް ހުށަހެޅުއްވުން އެދެމެވެ.
  • ލޯގޯ ހުށައަޅުއްވާނީ [email protected] އަށް މެއިލް ކުރައްވައިގެންނެވެ.
  • މުބާރާތާގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
18 ޖުލައި 2023
ހޯދާ