ޅ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުމާއި ގުޅޭގޮތުން

ގުދަނެއް ކުއްޔަށް ހިފުމާއި ގުޅޭ ގޮތުން

 

މި މަރުކަޒުގެ ނޯތު ކޭމްޕަސްގައި ހުރި މި މަރުކަޒުގެ ތަކެތި ރައްކާ ކުރުމަށްޓަކައި މި ދަންނަވާ މިންގަނޑަށްވުރެން ކުޑަ ނުވާނޭހެން (20 ފޫޓު އުސް 16 ފޫޓު ދިގު 10 ފޫޓު އުސް) 6 މަސް ދުވަހަށް ގުދަނެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ވަރަށް އަވަހަށް ބޭނުންވެއެވެ.

         ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 7 ދުވަހުގެ ތެރޭގައި ލިޔުމަކުން އަގު އެނގޭ ގޮތަށް މި މަރުކަޒަށް ހުށައެޅުމަށް ދަންނަވަމެވެ. ގުދަން ހިފުމުގައި، މި މަރުކަޒާއި ކައިރި ތަނެއް ލިބިއްޖެނަމަ އެކަމަށް އިސްކަން ދެވޭނެ ވާހަކަ ދަންނަވަމެވެ.

ޝުކުރިއްޔާ!

18 ޖުލައި 2023
ހޯދާ