އަބޫބަކުރު ސްކޫލް، ގދ. ތިނަދޫ
ދިވެހިރާއްޖެ
އަބޫބަކުރު ސްކޫލްގެ ލައިބްރާރީގައި ޖަހާފައިވާ ތަށިމުށިތައް ނައްޓައި އަލުން ތަށިމުށި ޖެހުން

އަބޫބަކުރު ސްކޫލްގެ ލައިބްރާރީގައި ޖަހާފައިވާ ތަށިމުށިތައް ނައްޓައި އަލުން ތަށިމުށި ޖެހުން

މަސައްކަތް

މި ބީލަމަކީ އަބޫބަކުރު ސްކޫލްގެ ލައިބްރާރީގައި ޖަހާފައިވާ މުށިތައް ނެއްޓުމާއި އަލުން ތަށިމުށި ޖެހުމަށް ހުޅުވާލެވިފައިވާ ބީލަމެކެވެ. މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ރަޖިސްޓްރީ ކުރުމާއި މަޢުލޫމާތު ސާފުކުރުން

25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި ސްކޫލުގެ އީ.މެއިލް  [email protected]  މެދުވެރިކޮށް ރެޖިސްޓަރ ކުރެއްވުމާއެކު ހަމަ މި މެއިލްއަށް ސުވާލު ފޮނުއްވައިގެން ނުވަތަ މި އިދާރާގެ ފޯން: 6842095 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.  

އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ސުންގަޑި

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 30 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 12:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެއެވެ.

 

 

 

 

 

 

 

 

 

 

ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެޓޭޗު ކޮށްފައިވާ މަޢުލޫމާތު ޝީޓާ އެއްގޮތަށް، ޕޮރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ދީފައިވާ މަޢުލޫމާތުގައިވާ ގޮތަށް ޝަރުތު ހަމަވާ، 1 ފަރާތުން ޕްރޮޕޯސަލް ހުށަހެޅި ނަމަވެސް އެ ޕްރޮޕޯސަލަކީ އެކަށީގެންވާ ޕްރޮޕޯސަލެއްކަމަށް މި ސްކޫލުގެ ބިޑް ކޮމެޓީން ނިންމައިފިނަމަ އެ ޕްރޮޕޯސަލް ހުށަހެޅުއްވި ފަރާތާއެކު މި މަސައްކަތް ކުރިއަށްގެންދެވޭނެއެވެ.

18 ޖުލައި 2023
ހޯދާ