އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަދިގެ ބާކީ ކުނި ނައްތާލަދޭނެ ފާރާތެއް ހޯދުމާގުޅޭ:

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ބަދިގެ ބާކީ ކުނި ނައްތާލަދޭނެ ފާރާތެއް  ހޯދުމާގުޅޭ:

މިއިދާރާގެ ފަރާތުން ގޭބީސީތަކާއި ވިޔަފާރިތަކުން ނަގާ ބަދިގެ ބާކީ ކުނި މިއިދާރާއިން އަންގާގޮތެއްގެ މަތިން  2 އަހަރު ދުވަހުގެ މުއްދަތަށް ނައްލާދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 23 ޖުލައި 2023 ވާއާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް އެދި  ވިޔަފާރިއެއް ނަމަ  ވިޔަފާރި ރަޖިސްޓްރީ އާއްމު ފަރުދެއްނަމަ އައިޑީކާޑު ކިޔަންއެގޭ ދެފުށުގެ ސާފު ކޮޕީއެއް [email protected]  މެއިލް ކުރެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވެލެއްވޭނީ، އަމިއްލަ ފަރުދުންނާއި އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 13:15 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް ބީލަންވެރިންނަށް މެއިލް ކުރެވޭނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected]  އީމެއިލަށެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ 01 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 13:15 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ.  

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

              28 ޛުލްހިއްޖާ 1444

17 ޖުލައި 2023

17 ޖުލައި 2023
ހޯދާ