ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންސްޓޯލްމަންޓް އުޞޫލުން ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދިނުން – 2 ވަނަ ފިޔަވަހި

އިޢުލާން           

          ރައްޔިތުންނަށް ރައްކާތެރި ސާފުބޯފެން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އަދި ހއ.ތުރާކުނަކީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް (ސިންގަލް ޔޫސް ޕްލާސްޓިކް) ބޭނުންކުރާ މިންވަރު މަދު، ތިމާވެއްޓާއި ރަށްޓެހި ރަށަކަށް ހެދުމުގެ މަޤުޞަދުގައި އިންސްޓޯލްމަންޓް އުޞޫލުން ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދިނުމުގެ 2 ވަނަ ފިޔަވަހީގެ ދަށުން، ވޯޓަރ ޕިއުރިފަޔަރ ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މިޕްރޮޖެކްޓްގެ ދަށުން ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހއ.ތުރާކުނުގެ ގޭބިސީތަކަށެވެ. އެގޮތުން މިފިޔަވަހީގައި ފޯރުކޮށްދެވޭ ވޯޓަރ ޕިއުރިފަޔަރގެ އަގަކީ 4893.00ރ (ހަތަރު ހާސް އަށްސަތޭކަ ނުވަދިހަ ތިން ރުފިޔާ) އެވެ. އަދި ވޯޓަރ ޕިއުރިފަޔަރއަށް އެއްފަހަރާ ނުވަތަ 12 މަސްދުވަހަށް ބަހާލައިގެން ފައިސާ ދެއްކޭނެއެވެ.

          ވީމާ، މި ޕްރޮޖެކްޓްގެ ދަށުން ވޯޓަރ ޕިއުރިފަޔަރ ބޭނުންވާ ފަރާތްތަކުން 2023 ޖުލައި 30 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މި އިދާރާއަށް ދުރުވެ ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. އަދި ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދިނުމުގައި އިސްކަންދެވޭނީ ފޯމް ހުށަހަޅާ ތަރުތީބުން، މިޕްރޮޖެކްޓްގެ ފިޔަވަހި 1 ގެ ދަށުން ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށް ދެވިފައިނުވާ ގޭބިސީތަކަށް އިސްކަންދީގެންނެވެ. ފޯމް ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 13:30 އަށް މި އިދާރާއިން ލިބެންހުންނާނެއެވެ. އަދި  މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 2023 ޖުލައި 30 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން  [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 13:00 އަށް މި އިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 ޖުލައި 2023
ހޯދާ