މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ޖުލައި މަހުގެ ބައްދަލުވުން ބޭއްވުމާއި ބެހޭ

            ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ  ޖުލައި މަހުގައި ރައްޔިތުންނާއެކު ޢާންމުކޮށް ހުޅުވާލައިގެން ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުން، 25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެރޭ  20:45 ގައި ނ.މިލަދޫ ހިދާޔާ ސްކޫލް ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި ކައުންސިލްގެ 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް އެކުލަވާލުމަށްޓަކައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

             ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި މިލަދޫގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

17 ޖުލައި 2023
ހޯދާ