ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އިޢުލާންވަނީ 20 ޖުލައި 2023 13:38 ގައި ބާތިލް ކުރެވިފައެވެ.


 

މަޤާމް

 ކައުންސެލަރ

މަޤާމުގެ ނަންބަރ

J-284374

ބޭނުންވާ އަދަދު

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލ.އަތޮޅު ތަޢުލީމީ މަރުކަޒު،ލ.ފޮނަދޫ

މުސާރަ:

-5610/

ސަރވިސް އެލަވަންސް:

-/2000ރުފިޔާ

 އެހެނިހެން އެލަވަންސް:

  1. ސަޕޯޓިން ކޯ އެލަވަންސް -/ 700ރުފިޔާ
  2. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  3. ސިވިލްސަރވިސްގެ ޤަވާއިދާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ޤަވާއިދުތަކާއި އުސޫލުތަކާއި ޕޮލިސީތަކަށް ރިއާޔަތްކޮށް ސްކޫލުން ތައްޔާރުކުރާ ސްކޫލްގެ "ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީއާއި އެންޓި ބުލިންގ ޕޮލިސީ" އަދި ދަރިވަރުންގެ ރައްކާތެރިކަމަށް ސްކޫލުން ތައްޔާރުކޮށްފައިވާ އެހެނިހެން އުސޫލްތައް ސްކޫލްގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ތަންފީޒްކުރުން.
  1. ސްކޫލްގައި ތަޢުލީމް ޙާސިލްކުރަމުންދާ"ވަލްނަރަބަލް" ދަރިވަރުންގެ ހާލަތު ވަޒަންކޮށް އެފަދަ ކުދިންނަށް އެހީތެރިވެދެވޭނެ އިންތިޒާމެއް ކުލާސްޓީޗަރާއި ސްކޫލްގެ ވެރިންގެ ލަފަޔާއި މަޝްވަރާއާއެކު ހަމަޖައްސައި އެފަދަ ދަރިވަރުންގެ މަޢުލޫމާތު ބެލެހެއްޓުން.

.

3. .ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމް ހަމަޖައްސައި، އެދަރިވަރުންގެ ޓީޗަރުންނާ ގުޅިގެން މަސައްކަތްކުރުމާއި އެ ދަރިވަރުންގެ ފޮލޯއަޕް ހެދުމާއި އެދަރިވަރުންގެ ކޭސްނޯޓާއި ރިކޯޑް ބެލެހެއްޓުން.

 

  1. . ޓީޗަރުންނަށް ދަރިވަރުންގެ ރައްކާތެރިކަމާއި ގުޅުންހުރި މަޢުލޫމާތާއި،ޓީޗަރުންނަށް ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޕްރޮގްރާމްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ގުޅިގެން އިންތިޒާމްކޮށް ރާވައި ހިންގުން

 

5. ދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަކަށް ކުރަމުންދާ ގޯނާ އަނިޔާ އިހްމާލް ފާހަގަވެއްޖެނަމަ،ރިޕޯޓް ކޮށްފިނަމަ ނުވަތަ ޝައްކުކުރެވޭނަމަ" ދަރުވަރުންނަށް ރައްކާތެރިކަން ލިއްބައިދިނުމުގައި އަމަލުކުރާނެގޮތުގެ ސިޔާސަތު ބަޔާން ކުރާ އުސޫލު" ގައިވާ ގޮތުގެ މަތިން އަމަލު ކުރުނ

6. ސްކޫލްތަކުގެ ކައުންސެލަރުންނާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބާއްވާ ފޯން ކޮންފެރެންސްތަކުގަޔާއި،ކޭސް މެނޭޖްމަންޓް ސެޝަންތަކުގައި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އަދި ސެޝަން ޕްލޭން ހެދުމާއި،ކޮންމެ ސެޝަނެއް ފުރިހަމަކުރުމަށްފަހު ސެޝަން ނޯޓްސް ލިޔެ ފައިލްކޮށް ބެލެހެއްޓުން  

 

  1. ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލްގެ ލިއޭޒަން އޮފިސަރ ނުވަތަ ލިއޭޒަން އޮފިސަރެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުމާއި،ސްކޫލްގައި ހިންގާ ޙާއްސަ ޕްރޮގްރާމްތަކުގައި (މިސާލަކަށް ދަސްވާރު ނުވަތަ ބީޓެކް ޕްރޮގްރާމް) ބައިވެރިވާ ދަރިވަރުންނަށް ކައުންސެލަރގެ އެހީތެރިން ބޭނުންވެއްޖެ ހާލަތެއްގައި އެދަރިވަރުންނަށް އެހީތެރިވެދިނުން.

 

8. ކޮންމެ އަހަރަކު ސްކޫލުން ދަރިވަރުންގެ ނަފްސާނީ ދުޅަހެއުކަމަށާއި ދަރިވަރުންގެ ރައްކާތެރިކަމަށް ސްކޫލުގައި ހިންގާ ހަރާކާތްތަކުގެ ތާވަލު ކޮންމެ އަހަރެއްގެ ތަޢުލީމީ އަހަރުފެށުމާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޑިޔުކޭޝަނަލް ސްޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނަށް ޙިއްސާކުރުމާއި ކޮންމެ އަހަރަކު ސްކޫލުން ހިންގާ މިފަދަ ހަރަކާތްތަކާއި ޕްރޮގްރާމްތަކުގެ އަހަރީ ރިޕޯޓްގެ ކޮޕީއެއް 10 ޑިސެމްބަރުގެ ކުރިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޑިޔުކޭޝަނަލް ސްޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނަށް ފޮނުވުން.

 

 

 

 

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ކައުންސިލިންގ ލައިސަންންގ އަދި ރެޖިސްޓޭޝަން އޮތް ފަރާތެއް ކަމުގައި ވުން .

 

ގުޅޭ ތަޢުލީމީ ރޮނގުތައް:

ކައުންސެލިންގ

 ގުޅޭ ވަޒީފާގެ ދާއިރާތައް:

  • ކައުންސެލިންގ

ޕްރިފަރޑް ޑިސިޕްލިން:-

 ނެތް

އެކަޑަމިކް ޑިސިޕްލިންގ ( މަގާމަށް ކަނޑައެޅިފައިވާ ތަޢުލީމީ ރޮގުތައް)

މަގާމަށް ކަނޑައެޅިފައިވާ ކޯ ޑިސިޕްލިން

ކައުންސެލިންގ

 

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

އަސާސީ ޝަރުތު ހަމަވުމުން %30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5

ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު %5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) %20

އިންޓަރވިއު %35

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

 http://www.csc.gov.mv/dv/downloads/15151

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)    ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކުރޫޓްމެންޓް އުސޫލުގެ ޖަދުވަލް 8 ގައިވާ" ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކުފޯމް."

7.މީގެ އިތުރުން ކައުންސިލިންގ ލައިސަންސް އަދި ރެޖިސްޓްރޭޝަން ގެ ކޮޕީ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ލ.އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓާއި (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް ) އިންޓަވިއު އޮންނާނީ 30 ޖުލައި 2023 ން 03 އޮގަސްޓް 2023 އާއި ދެމެދު، ލ.އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

ނޯޓް: އީ މެއިލް މެދުވެރިކޮށް ފޮނުވާ ލިޔެކިއުންތައް އެއް ފައިލެއްގައި (ލިޔެފައިވާ ލިއުންތައް ކިޔަންއެގޭ ގޮތަށް) ޕީޑީއެފް ކުރެއްވުމަށްފަހު މެއިލް ކޮށްދެއްވުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800013 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

17 ޖުލައި 2023
ހޯދާ