މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގެ ދަށުން ރައްޔިތުންނާއި ބައްދަލުކުރުން.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން ތަކުގެ ތެރެއިން މި އަހަރުގެ ދެވަނަ ބައްދަލުވުން 31 ޖުލައި 2023 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ގައި ލޮނުޒިޔާރަތް ޕާކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ބައްދަލުވުމަށް މާލެ ސިޓީގެ ރައްޔިތުންނަށް ދައުވަތު އަރުވައި، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

16 ޖުލައި 2023
ހޯދާ