ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބޮޑުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައިވާ ރުއްގަހުގެ ވެރިފަރާތް ހޯދުމާއިގުޅޭ

     މި ރަށުގެ ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ކޮންޓްރެކްޓަރަށް ބޭނުންވާ ބިން ދޫކުރުމަށް އުލިގަމު ކަސްޓަމްސް އޮފީހުގެ އުތުރުން ފެށިގެން އެމް.އެން.ޑީ.އެފް ރާޑަރ ސްޓޭޝަނުގެ ހުޅަނގުން، ރާޑަރ ސްޓޭޝަނުގެ އުތުރުކޮޅު އިންފާރާއި ހަމައަށްވާ ބިމުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

     ވީމާ، މި ދެންނެވި ބިމުގައި މި އިދާރާއިން ލިޔުމަކުން ހުއްދަ ލިބިގެން އެއްވެސް ފަރާތަކުން އިންދާފައިވާ އެފަރާތެއްގެ އަމިއްލަ ރުއްގަސް ހުރިނަމަ، ރުއްގަހުގެ ބާވަތާއި ޖަހާފައިވާ ނަންބަރާއި ވެރިފަރާތް އެނގޭގޮތަށް 2023 ޖުލައި 25 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިބިމުގައި ހުރި ރުއްގަހުގައި މި އިދާރާއިން ވާނީ 1 އިން 73 އަށް ނޫ ކުލައިން ނަންބަރު ޖަހާފައެވެ.

     މި ފުރުޞަތުގައި މި އިދާރާގައި ރަޖިސްޓްރީ ކޮށްފައި ނެތް ރުއްގަހަކީ އަމިއްލަ މީހުންގެ ރުއްގަސް ކަމުގައި ނުބެލެވޭނެކަން ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ރުއްގަހުގެ މިލްކުވެރިކަން ބަޔާންކޮށްފައި ނުވާނަމަ، އެބިމުގައި އަމިއްލަ ފަރާތެއްގެ ރުއްގަސް ނެތީކަމުގައި ބެލެވޭނެ ވާހަކަވެސް ދެންނެވީމެވެ.

     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

16 ޖުލައި 2023
ހޯދާ