ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ޖުލައި މަހުގެ ބައްދަލުވުން ބޭއްވުން

2023 ވަނަ އަހަރުގެ ޖުލައި މަހުގެ ބައްދަލުވުން ބޭއްވުމާއި ބެހޭ:

ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުޞޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ  ޖުލައި މަހުގައި ރައްޔިތުންނާއެކު ޢާންމުކޮށް ހުޅުވާލައިގެން ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުން 23 ޖުލައި 2023 ވަނަ ދުވަހުގެރޭ 21:00 ކޮނޑޭ ކައުންސިލްގެ އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި ކައުންސިލުން ފާއިތުވި 6 މަސްދުވަހުގައި ހިންގި ހަރަކާތްތަކުގެ ތަފްޞީލް ހާމަ ކުރުމާއި، ކައުންސިލްގެ 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލަށް ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ކޮނޑޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

16 ޖުލައި 2023
ހޯދާ