މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ކައުންސިލުން ބާއްވާ ބައްދަލުވުމުގެ ދަޢުވަތު

އިޢުލާން

 

ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ކައުންސިލުން ބާއްވާ ބައްދަލުވުމުގެ ދަޢުވަތު

 

ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 107 ވަނަ މާއްދާގެ ދަށުން، ޖުލައި މަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވަންޖެހޭ ކައުންސިލްގެ ބައްދަލުވުމާއި ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 1-107 ވަނަ މާއްދާގެ ދަށުން، ކައުންސިލުން ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ކޮންމެ 4 (ހަތަރެއް) މަހަކުން ބާއްވަންޖެހޭ ބައްދަލުވުން، މި ޖުލައި މަހުގެ 25 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 8:45 ގައި ޕްރީސްކޫލު ހޯލުގައި އޮންނާނެއެވެ.

މި ބައްދަލުވުމުގައި 2024 ވަނަ އަހަރަށް ކައުންސިލުން ލަފާކުރާ ބަޖެޓާއި 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލަށް ރައްޔިތުންގެ ޚިޔާލު ހޯދުން އޮންނާނެއެވެ. އަދި 2023 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ކައުންސިލުން ހިންގި ހަރާކަތްތަކުގެ ރިޕޯޓާއި މާލީ ރިޕޯޓް ހުށަހެޅުން އޮންނާނެއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ކައުންސިލުން ކުރަމުންދާ މުޙިއްމު މަސައްކަތްތަކާއިބެހޭ މަޢުލޫމާތު ޙިއްޞާކޮށް ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުން އޮންނާނެ ވާހަކަ ދަންނަވަމެވެ. މި ބައްދަލުވުމަށް ނޫމަރާގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޖުލައި 2023
ހޯދާ