ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޭ ޑިޒައިނާ އެއްގޮތަށް 12,000 ޓޯޓު ބޭގު ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު ނަމްބަރ:  FSM-ADV/2023/37 އަށް ލިބިފައިވާ ސާމްޕަލް ރަނގަޅު ކަމަށް ނުފެންނާތީ އެއިޢުލާނު ބާތިލްކޮށް އަލުން މިފުރުޞަތު  ހުޅުވާލަމެވެ.  

  • ރެޖިސްޓްރޭޝަން: 17 ޖުލައި 2023 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލްކުރައްވާ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

އީމެއިލްގައި ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.

  • ބިޑަށް ކުރިމަތިލައްވާ ފަރާތުގެ ނަން
  • ގުޅޭނެ ނަންބަރު އަދި އީމެއިލް
  • ބީލަން ހުށަހަޅުއްވާ ފަރާތް ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް
  • ބީލަމުގެ އިޢުލާނު ނަންބަރ

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.

  • ބީލަން ހުށަހެޅުއްވުމާއި ހުޅުވުން:  ބީލަން ހުށަހެޅުއްވުމާއި ހުޅުވުން އޮންނާނީ 23 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00  ގައި ތިރީގައިމިވާ އެޑުރެހުގައެވެ.

6  ވަނަ ފަންގިފިލާ

އެފް.އެސް.އެމް ބިލްޑިންގ،

ބޮޑުތަކުރުފާނު މަގު، މާލެ

މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު، އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.  

14 ޖުލައި 2023
ހޯދާ