ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދު ސާފްކުރާނެ މުވައްޒަފަކު ހޯދުމަށް

2023 ވަނަ އަހަރު ހއ.މާރަންދޫ އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ މުވައްޒަފަކު ހޯދުން

 

 

ވަޒީފާގެ ފުރުސަތު

2023 ވަނަ އަހަރު މާރަންދޫ އިޖްތިމާޢި ސަރަޙައްދު ކުނިކަހާ ސާފުކުރާނެ މުވައްޒަފުން ހޯދުން

މަޤާމް:

މަސައްކަތު (ވޭޖް)

މަސައްކަތް ކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

ހިޔުމަން ރިސޯސް ސެކްޝަން

އެލަވަންސް: (މަސައްކަތް ކުރާ ގަޑީއަކަށް)

33.65 (ތިރީސް ތިންރުފިޔާ ފަސްދޮޅަސްފަސްލާރި)

ބޭނުންވާ ޢަދަދު:

01

އަސާސީ ޝަރުތު:

1. ލިޔަން ކިޔަން ދަތުން

2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކައުންސިލުން ކަނޑައަޅާ ޢިޖްތިމާޢީ ސަރަޙައްދުތައް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުނި ކަހާ ސާފުކުރުން.
  • ކައުންސިލް އިދާރާއިން ބޭނުންވެގެން ހިންގާ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ތަކުގައި އެހީތެރިވެދިނުން.
  • ސަރުކާރުގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 3 ގަޑިއިރު އަދި ހޮނިހިރު ދުވަހުގެ 2 ގަޑިއިރު ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރުން.
  • ޙާއްސަ މުނާސަބަތު ތަކާއި ގުޅިގެން އިދާރާއިން އަންގާ ކަންކަމުގައި އެހީތެރިކަން ފޯރު ކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްބެލެވޭ ކަންތައްތައް:

1. ފުރިހަމަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

2. ކުނިކެހުމުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރެވޭ ފަދަ ޤާބިލް ކަން ހުރި މީހަކު ކަމުގައިވުން.

3. ސަރުކާރު ވަޒީފާއެއް އަދާ ކުރާ މީހެއްކަމުގައިނުވުން.

 

 

 

 

 

  • އިންޓަވިއު: މިމަޤާމަށް ޝަރުތު ހަމަވާ ފަރާތް ތަކުގެ އިންޓަވިއު އޮންނަ ތާރީޙެއް މި އިދާރާއިން އަންގާނެ ވާހަކަ ދަންނަވަމެވެ.
  • އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާއަށެވެ.
  • ·         ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް.

2.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފު ކުރުމަށް ގުޅުއްވާނީ 6500029 ފޯނާއެވެ.

 

ވީމާ،މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

                         25 ޛުލްޙިއްޖާ 1444 

                          13 ޖުލައި 2023

 

13 ޖުލައި 2023
ހޯދާ