މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

އިޢުލާން

ރައްޔިތުންގެ ބައްދަލުވުން   

              ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބުނެފައިވާ ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ތެރޭގައި ބާއްވަންޖެހޭ ބައްދަލުވުން 2023 ޖުލައި 26 ވާ ބުދަ ދުވަހުގެ ރޭ 8:45 ގައި ޕްރީ ސްކޫލްގައި އޮންނާނެއެވެ.

މިބައްދަލްވުމުގައި ކުރިއަށްއޮތް 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް އަދި 2023 ވަނަ އަހަރުގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓް ހުށައެޅުން އޮންނާނެއެވެ.

ވީމާ، މިބައްދަލުވުމަށް ރަށުގެ ރައްޔިތުން ބައިވެރިވެވަޑައިގެންދެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މިބައްދަލްވުމުގައި ރައްޔިތުންނާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ރިޕޯޓްތައް މި އިއުލާނާއިއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

              މިހެންވެ މިކަންއާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

13 ޖުލައި 2023
ހޯދާ