އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން:

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިރަށު ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން:

މިރަށު ފުޓް ބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 18 ޖުލައި 2023 އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމްއިން މިއިދާރާގެ އީމެއިލް[email protected]  މެދުވެރިކޮށް ބީލަމަށް ރަޖިސްޓަރީ ކުރަންވާނެއެވެ.
  • ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިޢުލާނާއެކީވާނީ ޢާންމު ކުރެވިފައެވެ.
  • ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • މި ބީލަމާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 20 ޖުލައި 2023ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައި ކައުންސިލްގެ މީޓިންގ ހޯލްގައެވެ.
  • ބައްދަލުވުމަށް ހާޒިރު ނުވެވޭ ފަރާތްތަކަށް އޮންލައިންކޮށް މި ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޝަތު ދެވޭނެއެވެ.
  • މި ބީލަމާގުޅޭ އެންމެހާ މަޢުލޫމާތު ކަރުދާސްވާނީ މި އިޢުލާނާއެކު ޢާންމު ކުރެވިފައެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected]  އީމެއިލަށެވެ.
  • މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ބަލާގަތުމާއި ހުޅުވުން އޮންނާނީ 03 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

 

                      މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                        25 ޛުލްޙިއްޖާ 1444

13 ޖުލައި 2023

                

13 ޖުލައި 2023
ހޯދާ