އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ބިން ހިއްކާ ސަރަޙައްދަ ވަނުން މަނާ ކުރުން

އިޢުލާން

ބިން ހިއްކާ ސަރަޙައްދަ ވަނުން މަނާ ކުރުން

އައްޑޫސިޓީ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން، ހިތަދޫ ފަޅުތެރޭން ބިންހިއްކާ ސަރަހައްދަށް ހުއްދަ ހޯދުމަކާއި ނުލާ އަދި ރައްކާތެރި ފިޔަވަޅެއް ނެތި ގިނަ ޢަދަދެއްގެ ރައްޔިތުން ވަދެ މަސްބާނަން ތިބުމާއި ފޮޓޯ ނެގުން ފަދަ ކަންކަމުގައި އުޅޭކަން ފާހަގަ ކުރެވެއެވެ.

ބިން ހިއްކުމުގެ މަސައްކަތަކީ ބޮޑެތި އެއްގަމު އުޅަނދުތަކާއި ބަރު އާލާތްތަށް ބޭނުންކޮށްގެން ކުރަމުންދާ މަސައްކަތެއް ކަމުން މި ސަރަޙައްދަށް އާންމުކޮށްވަދެ އުޅުމަކީ ނުރައްކާތެރި ކަމެއް ހިގައި ހިތާމަވެރި ހާދިސާއެއް މެދުވެރި ވެދާނެ ކަމެއްކަމަށްވާތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން، ހިތަދޫ ބިން ހިއްކާ ސަރަހައްދަށް ހުއްދަނެތި ވަދެއުޅުމަކީ މަނާކަމެއްކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25  ޛުލްޙިއްޖާ  1444

13   ޖުލައި   2023

13 ޖުލައި 2023
ހޯދާ