ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއަރކޯންތައް މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާއާއި، އަތޮޅުގޭގެ އެއަރކޯންތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ގދ.އަތޮޅު ކައުންސިލް އިދާރާގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން ގދ.އަތޮޅު ކައުންސިލްގެ އިދާރާގެ މީޓިންގރޫމަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި ހުށަހަޅުއްވާ އަންދާސީހިސާބު ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

11 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 12:30 އަށް

17 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 12:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ.

14 ރަބީޢުލްއާޚިރު 1436

04 ފެބުރުވަރީ 2015
ހޯދާ