މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމް.އީ.ސީ.ސީ.ޓީ) އިން ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓާ ގުޅިގެން ބ. ދަރަވަންދޫގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ފޯރުކޮށްދެއްވާ އެހީގެ ދަށުން ޕިކަޕެއް މި ކައުންސިލަށް ގަންނަން ބޭނުންވެ އެވެ.  ވީމާ ޕިކަޕް ވިއްކަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މި ކައުންސިލުން އަރުވަމެވެ.  މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން  މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ  ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތައް ފުރިހަމަކޮށް ހުށަހަޅަންވާނެ އެވެ.

މި މަސައްކަތުގެ "ބީލަން ފޮތް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެ އެވެ. އަދި  މި ކައުންސިލާ ގުޅުއްވުމުން ވެސް ބޭނުވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ބިޑް ޑޮކިޔުމަންޓް ފޯރުކޮށް ދެވޭނެ އެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ކައުންސިލްގައި ރަޖިސްޓްރީކުރަންވާނެ އެވެ. މިކަމަށް ޚާއްޞަ ކުރެވިފައިވާ ގޫގުލް ފޯމް https://rb.gy/4e5zz މި ލިންކުން ފުރިހަމަ ކުރައްވާ ސަބްމިޓް ކުރެއްވުމުން ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ފުރިހަމަވާނެ އެވެ.  މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީގެ އިތުރުން ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2023 އޮގަސްޓް 07 ވާ އަންގާރަދުވަހުގެމެންދުރުފަހު 01:00 ގެ ނިޔަލަށެވެ.  މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން

މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ،  މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެ އެވެ.

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފަ އެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެ އެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް އޮންނަންވާނެ އެވެ.

ބީލަން ހުށަހަޅާނީ 2023 އޮގަސްޓް 07 ވާ އަންގާރަދުވަހުގެ މެންދުރުފަހު 01:00 ގެ ކުރިން މި ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެ އެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 2023 އޮގަސްޓް 07 ވާ އަންގާރަ .ދުވަހުގެ މެންދުރުފަހު 01:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގަ އެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2023 އޮގަސްޓް 07  ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 01:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެ އެވެ.

އީމެއިލް އެޑްރެސް: [email protected]

ފޯން: 6602514, 6602519

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

“Do not Open Before 07th August 2023, 1pm – “Procurement of a vehicle(IUL)318-PRO/318/2023/49

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބިގެންވެ އެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެ އެވެ.

12 ޖުލައި 2023
ހޯދާ