ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ތ. ދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓު ޢިމާރާތް ކުރުމުގެ މަސައްކަތް

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނސްޓްރޭޝަންގެ އެދި ލެއްވުމުގެ މަތިން ތ. ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓު ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަންބަރު 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި ވިޔަފާރިއަށް ރަޖިސްޓްރީވެ އަދި ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށްގެންދެވޭނީ ނޭޝަނަލް ކޮންޕެޓިޓިވް ބިޑިންގ ( އެން.ސީ.ބީ ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިޔާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ ( ފަސްސަތޭކަ ރުފިޔާ ) ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 16 ޖުލައި 2023 އިން 31 ޖުލައި 2023 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު ފަހު 14:00 އަށް މިއިދާރާގެ ނަންބަރު 7725700487001 އެކައުންޓަށް ޓްރާންސްފަރަކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ. ބިޑްޑޮކިއުމަންޓް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

މިމަސައްކަތާއިބެހޭ އެންމެހައި ލިޔެކިއުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިދާރާއިން 16 ޖުލައި 2023 ފެށިގެން ލިބެންހުންނާނެއެވެ. އަދި ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

މިޕޮރޮޖެކްޓާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީ މެއިލް ކުރައްވާނީ 31 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 13:00 ގެކުރިން ތިރީގައިވާ އީ މެއިލް އެޑްރެހަށެވެ.

ބިޑްތައް ހުޅުވުން އޮންނާނީ 03 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00:00 ގައި ދިޔަމިގިލީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ބިޑް ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ

ގަނޑުވަރުމަގު / ތ. ދިޔަމިގިލި

ފޯން:  6780004

އީމެއިލް: [email protected]

ވީމާ، މިކަން އާންކޮށް އަންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 ޖުލައި 2023
ހޯދާ