ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައިޓްބޯޓްޔާޑް/ ސްލިޕްވޭއެއް ތަރައްޤީކުރުމަށް ބިން ކުއްޔަށް ދިނުން

އިޢުލާނު

ލައިޓްބޯޓްޔާޑް/ ސްލިޕްވޭއެއް ތަރައްޤީކުރުމަށް ބިން ކުއްޔަށް ދިނުން

ކޮޅުމަޑުލު ތިމަރަފުށީގައި ލައިޓް ބޯޓްޔާޑް/ ސްލިޕްވޭއެއް ތަރައްޤީކުރުމަށް ދިގުމުއްދަތަށް ބިން ދޫކުރުމަށް ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ ނަންބަރު 10/2023 އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. މިބީލަމާއި ގުޅުންހުރި މުހިންމު ތާރީހުތައް ތިރީގައި ދަންނަވަމެވެ.

ޙަރަކާތް

ގަޑި/ތާރީޚް

ތަން

މައުލޫމާތު ދިނުމުގެ ބައްދަލުވުން

30 ޖުލައި 2023 ގެ މެންދުރުފަހު 13:00 އަށް

ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަން

ބީލަމުގައި ރެޖިސްޓަރވުން

31 ޖުލައި 2023   ދުވަހުން ފެށިގެން 7 އޮގަސްޓް 2023  ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް

ތިމަރަފުށީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުން

14 އޯގަސްޓު 2023 ދުވަހުގެ 13:00 އަށް

ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަން

ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރވުން

މި ބިން ކުއްޔަށް ހިފުމަށް ބިޑް ހުށަހެޅޭނީ ބީލަމަށް ރެޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށެވެ. މިބިން ކުއްޔަށް ހިފުމަށް އެދި  ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިއިދާރާގައި ރެޖިސްޓަރވާ ފަރާތްތަކަށެވެ. މި ބީލަމުގައި ބައިވެރިވުމަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަން ޖެހޭނެއެވެ. މިބީލަމުގައި ރެޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން، ކައުންސިލްގެ އެކައުންޓް ނަންބަރ: 7725700323001 (REVENUE 1) ފައިސާ ޖަމާކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިފް/ ރަސީދު [email protected] އަށް އީމެއިލް ކުރައްވަންޖެހޭނެއެވެ. ނުވަތަ ކައުންސިލު އިދާރާއަށް ދުރުވެ ވެސް ފައިސާ ދެއްކެވޭނެއެވެ. ރެޖިސްޓްރޭޝަން ފޯމާއެކު ފައިސާ ދެއްކި ކަމުގެ ރަސީދު މަތީގައިވާ އީމެއިލް އެޑްރެސް އަށް ލިބުމުން ބީލަމުގައި ރެޖިސްޓަރ ވެފައިވާކަމުގެ ސްލިޕް އަދި ބީލަމުގެ މައުލޫމާތު ކަރުދާސް އެފަރާތަށް އީމެއިލް ކުރެވޭނެއެވެ.

ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން

މިބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ، ބީލަމުގެ ޝަރުތު ހަމަވާ، ފަރާތްތަކަށްވެސް ބީލަން ހުށަހެޅޭނެއެވެ.

 

12 ޖުލައި 2023
ހޯދާ