ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ހެލްތް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސުކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

ސުކޫލް ހެލްތު އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް އޮތް އޮފީސް:

ކުރިނބީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ކުރިނބީ ސްކޫލް / ހދ. ކުރިނބި

ސެކްޝަން:

އިދާރީ

މަޤާމުގެ ކުލެސިފިކޭޝަނާއި ރޭންކް:

އޮފިސަރ ގްރޭޑް 2  /  ޖީ.އެސް 4

މުސާރައާއި އެލަވަންސް:

- މުސާރަ: މަހަކު 5020.00 ރުފިޔާ.

- ސަރވިސް އެލަވަންސް 1500.00 ރުފިޔާ.

- އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ގިންތި

ދާއިމީ

މަޤާމުގެ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2-  މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު،  ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3-  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ޚުލާޞާ:

1- އިންޓަރ ހައުސް ކުޅިވަރު މުބާރާތްތަކާއި، އިންޓަރ ސްކޫލް ކުޅިވަރު މުބާރާތްތަކާއި،   ކުދިންނަށް ބޭއްވޭ ތަފާތު ހަރަކާތްތަކުގައި ބޭނުންވެދާނެ ޞިއްޙީ ފަރުވާއެއްގެ އިންތިޒާމްކުރުން.

2-ހެލްތު ރޫމަށް ގެނެވޭ ދަރިވަރުންނަށް އެހީތެރިވުމާއި، ފަރުވާދިނުމުގައި އަވަސް ޚިދުމަތް ފޯރުކޮށްދިނުން.

3- ދަރިވަރުންގެ ޞިއްޙީ ހޭލުންތެރިކަމަށްޓަކައި ސްކޫލާ ގުޅިގެން ތަފާތު ޕްރޮގްރާމްތައް ރާވައިގެން ކުރިއަށްގެންދިއުން.

4-  ކޮންމެ ދުވަހަކުވެސް، ސްކޫލުގެ ފާޚާނާތަކާއި، ބޯފެނުގެ ނިޒާމާއި، ސްކޫލުގެ މާޙައުލުގެ ސާފުތާހިރުކަން ކަށަވަރުކޮށް، ފިޔަވަޅެއް އަޅާންޖެހޭނަމަ، ވެރިޔާއަށް އެންގުން.

5- ޓާމަކު އެއްފަހަރު، ކުދިންގެ އިސްކޮޅާއި ބަރުދަން ބަލައި، ރެކޯޑުތައް ބެލެހެއްޓުން.

6- ހެލްތު ރޫމުގެ އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން.

7- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާ ގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

- ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

އިންޓަވިއުކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެޒެންޓޭޝަނާއ ޕްރެކްޓިކަލްސްއާއި އިމްތިޙާން އޮންނާނީ، 2015 ފެބުރުވަރީ 17 ވާ އަންގާރަ ދުވަހުގެ ރޭ 20:45 ގައި ކުރިނބީ ސްކޫލުގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ފުރިހަމަކޮށްފައިވާ އެޕްލިކެޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. މި ފޯމު، މި ސްކޫލުގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުން ދެއްވާފައިވާ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށައަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށައެޅުމުގެ ސުންގަޑިއަކީ، 2015 ފެބުރުވަރީ 16 ވާ ހޯމަ ދުވަހުގެ މެންދުރުރު 12:00 އެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ ފޯނު ނަންބަރު 6520532 އާ ގުޅުން އެދެމެވެ.

 13 ރަބީޢުލްއާޚިރު 1436

03 ފެބުރުވަރީ 2015
ހޯދާ