ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

   ހއ.ފިއްލަދޫ ބަންޑާރަ ގޯތި ދޫކުރުން            

              ހއ. ފިއްލަދޫއިން ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ 78 ގޯއްޗެވެ. ގޯތި ދޫކުރާނީ، ބަންޑާރަ ގޯތި ދޫކުރުމަށް މިކައުންސިލުން ފާސްކޮށް  އާންމުކޮށްފައިވާ އުސޫލާއި އެއްގޮތަށެވެ.

    ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގެ ހުންނަން ޖެހޭ ޝަރުތުތައް

(ހ) ދިވެހިރައްޔިތެއް ކަމުގައިވުން

(ށ) ގޯތި ދޫކުރުމަށް އިޢުލާންކުރެވޭ ދުވަހާއި ހަމައަށް މީލާދީ ގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން

(ނ) ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ  "ނުއުފުލޭ މުދަލުން ލިބިގެން ނުވަތަ އެނޫންވެސް ގޮތަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް ލިބިފައިނެތުން ނުވަތަ ލިބިފައިވާނަމަ ލިބިފައިވާ ބައި މިއުސޫލާ އެއްގޮތަށް ދޫކޮށްލުން"

(ރ) ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ ބޭނުމަށް "ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ތަރިކައިގެ އުޞޫލުން ބަހައިގެން ބިމުން ލިބެން އޮންނަބައި މި އުސޫލާއި އެއްގޮތްވާގޮތުގެމަތިން ދޫކޮށްލަން އެއްބަސްވުން"

(ބ) ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް ނުވަތަ ސަރުކާރުން ރާވާ އިންތިޒާމްކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކުރާ ނުވަތަ މިލުކު ކުރާ ފުލެޓެއް، އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި އަދި ލިބިފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ މިތަން ދޫކޮށްލާތާ ނުވަތަ ވިއްކާލާފައިވާތާ 05 (ފަހެއް) އަހަރަށްވުރެން ގިނަދުވަސް ވެފައިވުން

 

ވީމާ ފިއްލަދޫން ގޯއްޗަށް އެދޭ ފަރާތްތަކުން 11 ޖުލައި 2023 އިން 17 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށް ފަހު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއިއެކު މިއިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:30 އަށް މިއިދާރާއިންނެވެ. "ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" މިއިދާރާއިން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.                   ފޯމް އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް މެދުވެރިކޮށް ފޯމް ހުށައަޅަންވާނީ ފޯމާއި އެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަށް PDF ފޯމެޓްގައި ކޮމްޕައިލް 1 (އެކެއް) ފައިލްއެއް ގޮތުގައެވެ. އީމެއިލް ޒަރިއްޔާއިން ފޯމް ހުށައަޅުއްވާނަމަ ފޯމް ލިބުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

                       ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރަމެވެ.         

11 ޖުލައި 2023
ހޯދާ