ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ފުރަގަހު އިންފާރު އުސްކުރުމުގެ މަސައްކަތް

މި އިޢުލާންވަނީ 07 އޮގަސްޓް 2023 11:42 ގައި ބާތިލް ކުރެވިފައެވެ.


  1. ތިރީގައިވާ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

               1.1.    މިކޯޓުގެ ވަށާ އިންފާރުގެ ތެރެއިން ކޯޓުގެ ފުރަގަހުގައި ތިރިކޮށްރާނާފައިހުރި ބައި އުސްކުރުމަށްބޭނުންވާތީ މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  1.         މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1-        ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

                                 I. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

                                 II.  ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

                                III.   ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

                                IV.    އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް

  1. މިމަސައްކަތާއި ގުޅޭ ތަފްޞީލް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޖުލައި 17 ވާ ހޯމަ ދުވަހުގެ 13:00 ގައި މިކޯޓު (ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު) ގައެވެ.މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  2. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2023 ޖުލައި 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިކޯޓު (ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު) ގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް، ހދ.ނޮޅިވަރަން ، ދިވެހިރާއްޖެ ،ފޯން: 6521679 ، 6528958                   އީ-މެއިލް: [email protected]

11 ޖުލައި 2023
ހޯދާ