ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023-2024ގެ ދިރާސީ އަހަރަށް ދަރިވަރުން ޕްރީސްކޫލަށް ވެއްދުމާގުޅޭ

2023-2024 ގެ ދިރާސީ އަހަރަށް ފިނޭ ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.މި އަހަރުގެ ޕްރީސްކޫލު ފީއަކީ ކޮންމެ ކުއްޖަކަށް -/350 (މަހަކަށް) އެވެ. ވީމާ، ޕްރީސްކޫލަށް ދަރިވަރުން ވެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކުން 31 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ފޯމު ހުށަހެޅުއްވުން އެދެމެވެ.

ސްކޫލުތަކަށް ކުދިންވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލުކުރުމުގައި 2023-2024 ވަނަ ދިރާސީ އަހަރު އަމަލުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ނަންބަރު (E/CIR/2023/08-22) ސާރކިއުލަރ ނޯޓާއި އެއްގޮތަށް ގްރޭޑުތަކަށް ދަރިވަރުން ވެއްދުމުގެ އުސޫލު ތިރީގައި އެވަނީއެވެ.

ގްރޭޑް

އުމުރުފުރާ

ބޭބީ ނާރސަރީ

2023 ވަނަ އަހަރުގެ ޖުލައި 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން

ނާރސަރީ

2023 ވަނަ އަހަރުގެ ޖުލައި 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން

 

ސްކޫލަށް ދަރިވަރުން ވައްދަން އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އާ ހަމައަށެވެ. ދަރިވަރުން ސްކޫލަށް ވެއްދުމަށް ބޭނުންވާ ފޯމު މި އިދާރާއިން ލިބެންހުންނާނެއެވެ.

އިތުރުމަޢުލޫމާތު ހޯއްދެވުމަށް، [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

11 ޖުލައި 2023
ހޯދާ