އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯޅަދަނޑަށް ބޭނުންވާ ބިން ބޮޑުކުރުމަށް ދަނޑުގެ ދެކުނުކޮޅު ބިމުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމާއިބެހޭ

އިޢުލާން

ބޯޅަދަނޑަށް ބޭނުންވާ ބިން ބޮޑުކުރުމަށް  ދަނޑުގެ ދެކުނުކޮޅު ބިމުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމާއިބެހޭ

               މިރަށު ފޫޓްބޯޅަ ދަނޑުގެ ބިމާއި ގުޅުވައިގެން ދެކުނުކޮޅުން އޮތް ބިމުގައި ހުރި ރުށް ގަހުގެ ވެރިން ހޯދަން ބޭނުން ވެއްޖެއެވެ.  މި ބިން އޮންނާނީ ބޯޅަދަނޑުގެ ރޯޝަނީމަގު ކަންމަތިން ފެށިގެން، އިރުމަތީކޮޅުން ވޮލީކޯޓުގެ އިރުމަތިން އޮންނަ މަގާއި ހަމައަށެވެ.

މި ދަނޑު ޒަމާނީފެންވަރަކަށް ތަރައްޤީ ކުރުމައްޓަކައި މިބިން ހިމެނޭ ސަރަޙައްދުގައި ހުރި ހުރިހާ ރުއްގަހަކަށް ބަދަލުދީ ވީހާވެސް އަވަހަކަށް ކަނޑަން ބޭނުން ވެއެވެ. އެހެންކަމުން 24 ޖުލައި 2023 ވާ ހޯމަ ދުވަހު 14:00 ނިޔަލަށް އެސަރަޙައްދުގައި ހުރި ރުއްގަހުގައި ވެރިފަރާތުގެ ނަން، ނުވަތަ ކައުންސިލުން އެފަރާތަކަށް ދީފައިވާ ރަޖިސްޓަރީ ނަމްބަރު ޖެއްސެވުމަށް ދަންނަވަމެވެ. އަދި މިތާރީޚައް ނަމާއި، ނުވަތަ ނަމްބަރު ނުޖަހާ  ވަކި ފަރާތެއްގެ ރުއްގަސްކަން އެގެން ނެތް ރުއްގަސް ބެލެވޭނީ  ވެރިފަރާތެއް ނެތް ރުއްގަސް ކަމުގައެވެ.

                     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                     23 ޛުލްޙިއްޖާ 1444

                     11 ޖުލައި 2023

11 ޖުލައި 2023
ހޯދާ