މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުދަން ބިން ކުއްޔަށް ދޫކުރުން

ރަށުގައި ވިޔަފާރިކުރުމަށާއި، މުދާ ގުދަންކުރުމާއި ރައްޔަތުންގެ ޒަރޫރީ ކަންކަމަށް ބޭނުންހިފޭނޭ ގިނަ ތަކެތި ރަށުން ލިބޭނޭމަގު ފަހިކޮށްދިނުމުގެ މަޤްޞަދުގައި، އަލިކަލޭފާނުމަގަށް ހުރި މުލަކު ރައްޔަތުންގެ ބައު އިންޖީނުގެ ޢިމާރާތުގައި އެކުލެވޭ، އިންޖީނުގެ ބަޔާއި، ގުދަން އަދި އޮފީސްބައި 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ޢިމާރާތް ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ (ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ) ފަރާތްތަކުން 2023 ޖުލައި 25 ވަނަ ދުވަހުގެ 11:00އަށް މި އިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ.

ޢިމާރާތް ކުއްޔަށް ދޫކުރުމަށް އެކުލަވާލެވިފައިވާ މަޢުލޫމާތު ޝީޓާއި، ބިޑު ހުށަހަޅާ ފޯމު މި އިދާރާގެ ވެބްސައިޓުންނާއި، ގެޒެޓުން އަދި ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

11 ޖުލައި 2023
ހޯދާ