މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2024-2023 ގެ ދިރާސީ އަހަރަށް ސްކޫލް އެކްޓިވިޓީޒް ކަލަންޑަރު އެކުލަވައިލުމާބެހޭ

އިޢުލާން

2024-2023 ގެ ދިރާސީ އަހަރު ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ޙަރަކާތްތައް ހިމަނަން ބޭނުންވާ ފަރާތްތަކަށް، ކަލަންޑަރުގައި ޙަރަކާތްތައް ހިމެނުމަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ކަލަންޑަރުގައި ޙަރަކާތްތައް ހިމެނުމަށް އެދި ހުށައަޅާނީ، "2023-2024 ވަނަ އަހަރު ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ޙަރަކާތް ހިމެނުމަށް އެދި ހުށައަޅާ ފޯމް" ގައިވާ ފޯމެޓަށެވެ. މި ފޯމް މި މިނިސްޓްރީގެ ވެބްސައިޓު، www.moe.gov.mv ލިބެން ހުންނާނެއެވެ.

ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ޙަރަކާތްތައް ހިމަނާނީ، އެ ޙަރަކާތެއްގެ ސަބަބުން ދަރިވަރުންނަށް އަންނާނެ ހެޔޮބަދަލުގެ މައްޗަށް ރިޢާޔަތްކުރުމަށް ފަހުގައެވެ. އެގޮތުން އެ ޙަރަކާތެއްގެ ސަބަބުން، މަޢުލޫމާތު، ހުނަރު، ޖިސްމާނީ ދުޅަހެޔޮކަން، ނަފުސާނީ ތަރައްޤީ އަދި އަޚްލާޤީގޮތުން ދަރިވަރުންނަށް ކުރާނެ މަންފާއަށް ރިޢާޔަތް ކުރެވޭނެއެވެ. މި ކަންތައްތަކަށް ބެލުމަށްފަހު، ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ޙަރަކާތްތައް ތާވަލުކުރާނީ ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތަކަށް ދަރިވަރުންގެ އިމްތިޙާނުތަކުގެ ތާރީޚަށްވެސް ބެލުމަށްފަހުއެވެ.

ވީމާ "ސްކޫލް އެކްޓިވިޓީޒް ކަލަންޑަރ 2023-2024 " ގައި ޙަރަކާތްތައް ހިމަނަން ބޭނުންވާ ފަރާތްތަކުން 31 ޖުލައި 2023 ގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް (މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ވެލާނާގެ 8 ވަނަ ފަންގިފިލާ) ހުށައެޅުމަށް ދަންނަވަމެވެ. ނުވަތަ  [email protected]އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ކަލަންޑަރ ކުރުމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3341358  ފޯނަށް ގުޅުއްވުން އެދެމެވެ.

11 ޖުލައި 2023
ހޯދާ