ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އޮފިސަރ، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން

މަސައްކަތުގެ ބާވަތް:

-          ކުންފުނީގެ ޓްރެއިނިން ޕޮރޮގްރާމްތައް ރާވައި ހިންގުމާއި އިދާރީގޮތުން ކުރަންޖެހޭ  މަސައްކަތްތައްކުރުން.

-          ކުންފުނީގެ ހިންގޭ ޓްރެއިނިން ޕޮރޮގްރާމްތަކުގެ ފެންވަރު ބެލުމާއި ރެކޯޑްތަށް ބެލެހެއްޓުން.

-          ހިއުމަން ރިސޯސް ސެކްސަންގެ ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަންކުރުން.

-          މިކަންކަމުގެ އިތުރުން ހިއުމަން ރިސޯސްއާއި ގުޅުންހުރި މަސައްކަތްތަކާއި، ކުންފުނީގެ މެނޭޖްމަންޓްއިން ހަވާލުކުރާ މަސައްކަތްތަކުގެ ތެރެއިން ހިއުމަން ރިސޯސްގެ އެހީތެރެރިކަން ބޭނުންވާ މަސައްކަތްތައް ކުރުން.

މަހު މުސާރަ:

-          11،000 އާއި 12،000 ރ އާއި ދެމެދު

ވަޒީފާގެ ބާވަތް:

-          ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

-          ހެޑް އޮފީސް - އެޑްމިނިސްޓްރޭޝަން އެން އެޗް.އާރް

 ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2023 ޖުލައި 13 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.)

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.

10 ޖުލައި 2023
ހޯދާ