ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން

މި ކޯޕަރޭޝަންގެ ހެޑްއޮފީސް 2 އަހަރު ދުވަހުގެ މުއްދަތަށް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ކަރުދާސް ދޫކުރުން އަދި މަޢުލޫމާތު ބައްދަލުވުން

ޓީސީއެލް ހެޑްއޮފީސް

ބުރާސްފަތި

12 ފެބުރުވަރީ 2015

10:00 ގައި

ބިޑް ހުށަހެޅުން

ޓީސީއެލް ހެޑްއޮފީސް

އަންގާރަ

17 ފެބުރުވަރީ 2015

10:00 ގައި

މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ޕްރޮޕޯޒަލް ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ހިމަނަންޖެހޭ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، ކުންފުނީގެ ފަރާތުން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ވަޑައިގެންނަވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ، ޖީއެސްޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ އަދި މި މަސައްކަތާ ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، މަޤާމާއި ފޯނު ނަންބަރު ހިމަނަންވާނެއެވެ.
  • ޕްރޮޕޯޒަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯޒަލެވެ.
  • ހުށަހަޅައިފައިވާ ޕްރޮޕޯޒަލް ބާޠިލުވާ މުއްދަތު މަދުވެގެން 60 (ފަސްދޮޅަސް) ދުވަހަށް ވާންވާނެއެވެ. އަދި މުއްދަތު އިތުރުކުރަން ބޭނުންވެއްޖެ ހާލަތެއްގައި މުއްދަތު އިތުރުކުރެވިދާނެއެވެ.
  • ޕްރޮޕޯޒަލް ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

 

އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާރޓްމަންޓަށް ([email protected]) އީމެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

15 ރަބީޢުލް އާޚިރު 1436 

05 ފެބުރުވަރީ 2015
ހޯދާ