މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެޕްޓަނުންނާއި ފަޅުވެރިންގެ ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތަށް އަލުން ހުޅުވާލުން

ކެޕްޓަނުންނާއި ފަޅުވެރިންގެ ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތަށް އަލުން ހުޅުވާލުން


އިޢުލާން

 

     މި ކައުންސިލުން ދެމުންދާ ފެރީގެ ޙިދުމަތުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީވް/ނޯޕޭލީވް، އަހަރީ ޗުއްޓީ، އާއިލީ ޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ، ވަޒީފާ ހުސްވުން) މަސައްކަތަށް ނުނިކުމެވޭ ގޮތް މެދުވެރި ވެއްޖެ ހިނދެއްގައި ވަގުތީގޮތުން މި މަޤާމުގައި މަސައްކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް އެކުލަވާލެވޭ  ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ.

 

މަޤާމް :

  ކެޕްޓަން

ބޭނުންވާ ޢަދަދު :

01

މަޤާމުގެ ބާވަތާއި  މުއްދަތު:

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 01 އަހަރަށް

ވަޒީފާ އަދާ ކުރަންޖެހޭ ތަން : 

  ކައުންސިލްގެ ކަނޑު އުޅަނދު ފަހަރު

މުސާރަ:

 މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/750 ( ހަތް ސަތޭކަ ފަންސާސް ރުފިޔާ)

މަޤާމުގެ ޝަރުޠުތައް:

  • މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް ހާސިލްކޮށްފައިވުން (އިންބޯޑް ނުވަތަ އައުޓް ބޯޑް ލައިސެންސް – ދެ ކެޓަގަރީ ނެތް ކަމުގައި ވިޔަސް ޝަރުތު ހަވަވާނެއެވެ.) އަދި 6 މަސް ދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން.
  • ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.
  • ކަނޑު ދަތުރުފަތުރާއި ގުޅުންހުރި ޤާނޫނާއި ޤަވައިދުތަކަށް އަހުލުވެރި ފަރާތެއްކަމުގައިވުން.
  • ފުރާދުއްވާ އުޅަނދުފަހަރުގެ ސެކިއުރިޓީ އަދި ސޭފްޓީއަށް އަޙްލުވެރިފަރާތެއްކަމުގައިވުން.
  • އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.
  • ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތްކުރެވޭނެ އަދި ރަށުންބޭރުގައި މަސައްކަތްކުރެވޭނެ ފަދަ މީހެއްކަމުގައިވުން.
  • މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކައުންސިލުން ޝެޑިއުލްކޮށް ކުރަންޖެހޭ އެންމެހައި ދަތުރުތައް ކުރުމާއި، ބަޔަކު ކުއްޔަށް އުޅަނދު ނަގައިފިނަމަ، އެދަތުރެއް ކުރުން.
  4. ދަތުރުމަތީގަޔާއި އަދި ފަޅުގައި އޮންނަ ވަގުތުތަކުގައި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށް އުޅަނދު ސާފުކޮށް ބެހެއްޓުން.
  5. އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި މަރާމާތުކުރުމުގެ ކުރިން އުޅަނދަށް ލިބިފައިވާ ގެއްލުން ރިޕޯޓްކުރުމާއި އަދި މަރާމާތައް ބޭނުންވާ ހުއްދަ ހޯދައި އަދި މިފަދަ މަސައްކަތްތައް ސްޕަވައިޒަރުގެ ލަފާގެމަތިން ކުރުން.
  6. އުޅަނދަށް ބޭނުންވާ ތެލާއި އެހެނިހެން ވަސީލަތްތައް ހޯދުމުގައި އަމަލީގޮތުން އުޅުމާއި އަދި އުޅަނދުގެ ސްޓޮކް ބެލެހެއްޓުން.
  7. އުޅަނދުގައި ހުންނަން ލާޒިމްކުރާ ސޭފްޓީ އަދި ސެކިއުރިޓީ ވަސީލަތްތައް، ދަތުރުގެކުރިން ހަމަޔަށް ހުރިތޯ ޔަގީންކޮށް މައްސަލައެއް އުޅޭނަމަ، ސްޕަވައިޒަރަށް ރިޕޯޓްކުރުން.
  8. ރާއްޖޭގައި ހެދިފައިވާ ކަނޑުމަތީ އުޅަނދުފަހަރު ދުއްވުމާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވައިދުތަކަށް އިޙްތިރާމްކޮށް ޢަމަލުކުރުން.
  9. ސުޕަވައިޒަރު އަންގަވާ ގޮތުގެ މަތިން ރަސްމީ ގަޑި ނޫން ގަޑިތަކުގައި މަސައްކަތްކުރަންޖެހޭ  ޙާލަތްތަކުގައި އޮންނަ އުޞޫލުން މަސައްކަތްކުރުން.
  10. އުޅަނދުގެ ނާލުނެގުމުގެ މަސައްކަތްކުރުމާއި އުޅަނދުން ވިއްކަންޖެހޭ ޓިކެޓް ވިއްކުމުގެ ކަންކަންކޮށް އެފައިސާ ކޮންމެ ދުވަހަކުވެސް ފިހާރައާ ހަވާލުކުރުން.
  11. ކައުންސިލުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން

 

މަޤާމް :

 ފަޅުވެރި

ބޭނުންވާ ޢަދަދު :

 

 ފަޅުވެރި - 3

  

މަޤާމުގެ ބާވަތާއި  މުއްދަތު:

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 01 އަހަރަށް

ވަޒީފާ އަދާ ކުރަންޖެހޭ ތަން : 

 ކައުންސިލްގެ ކަނޑު އުޅަނދު ފަހަރު

މުސާރަ އަދި ޝަރުތު

މަޤާމް/ޝަރުޠު

މުސާރަ

  • ފަޅުވެރި - ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.

    ކަނޑު ދަތުރުފަތުރާއި ގުޅުންހުރި ޤާނޫނާއި ޤަވައިދުތަކަށް އަހުލުވެރި ފަރާތެއްކަމުގައިވުން.

    ފުރާދުއްވާ އުޅަނދުފަހަރުގެ ސެކިއުރިޓީ އަދި ސޭފްޓީއަށް އަޙްލުވެރިފަރާތެއްކަމުގައިވުން.

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/400 ( ހަތަރު ސަތޭކަ  ރުފިޔާ)

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

1-       ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން

2-       ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން

3-       އުޅަނދުގެ ދަތުރުތަކުގައި ބައިވެރިވުން

4-       އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި މަރާމާތުކުރުމުގެ ކުރިން އުޅަނދަށް ލިބިފައިވާ ގެއްލުން ރިޕޯޓްކުރުމާއި އަދި މަރާމާތައް ބޭނުންވާ ހުއްދަ ހޯދައި އަދި މިފަދަ މަސައްކަތްތައް ކެޕްޓަނުގެ ލަފާގެމަތިން ކުރުން

5-       ދަތުރުމަތީގައްޔާއި ފަޅުގައި އޮންނަ ވަގުތުތަކުގައި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށް އުޅަނދު ސާފުކޮށް ބެހެއްޓުން

6-       ދަތުރުފަތުރު ކުރުމުގައްޔާއި ފަޅުގައި އޮންނަ ވަގުތުތަކުގައި އުޅަނދަށް ލިބޭ ގެއްލުންތައް ބެލުމާއި އަދި އެކަންތައްތައް އުޅަނދުގެ ކެޕްޓަނަށް ރިޕޯޓްކުރުން

7-       އުޅަނދުގައި ހުންނަން ލާޒިމްކުރާ ސޭފްޓީ އަދި ސެކިއުރިޓީ ވަސީލަތްތައް، ދަތުރުގެ ކުރިން ހަމަޔަށް ހުރިތޯ ޔަގީންކޮށް މައްސަލައެއް އުޅޭނަމަ، ކެޕްޓަނަށް ރިޕޯޓްކުރުން

8-       ރާއްޖޭގައި ހެދިފައިވާ ކަނޑުމަތީ އުޅަނދުފަހަރު ދުއްވުމާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވައިދުތަކަށް އިޙްތިރާމްކޮށް ޢަމަލުކުރުން

9-       އުޅަނދަށް އަރުވާ މުދަލާއި ތަކެތި ރައްކާތެރިކަމާއިއެކު ބެލެހެއްޓުން

10-   ކައުންސިލުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން

 

އިސްފަޅުވެރިން މަތީގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކުގެ އިތުރުން ކެޕްޓަން ނެތް ހާލަތުގައި ކެޕްޓަންގެ ޒިންމާތައް އަދާކުރަންވާނެއެވެ.

 

ހުށައަޅަންޖެހޭ ލިޔުންތައް

1-      ވޭޖްޕޫލްގައި ބައިވެރިވުމަށް އެދި މިއިދާރާއިން ދޫކުރާ ފޯމް.

2-      ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއިއެކު)

3-      ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ

4-      ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

%50

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

%5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

%5

އިންޓަރވިއު

%40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޖުލައި 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މި އިދާރާ (މާލެއަތޮޅު ތުލުސްދޫ ކައުންސިލް އިދާރާ) އަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅުއްވާނަމަ، މެއިލް މެދުވެރިކޮށް މިއިދާރާއަށް ލިބުނުތޯ ޔަގީން ކުރަންވަންވާނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 ޖުލައި 20 އާއި 2023 އޮގަސްޓް 03 އާ ދެމެދު، މި އިދާރާ (މާލެއަތޮޅު ތުލުސްދޫ ކައުންސިލް އިދާރާ(ގެ ޖަލްސާ ކުރާ މާލަމު ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރ 6640183  އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ

10 ޖުލައި 2023
ހޯދާ