ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ޕްރޮގްރާމްތައް ހިންގުމުގައި ޢަމަލީގޮތުން އެހީތެރިވެދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

ޤައުމީކުތުބުޚާނާއިން ހިންގާ ތިރީގައި މިދަންނަވާ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ޕްރޮގްރާމްތައް ހިންގުމުގައި ޢަމަލީގޮތުން އެހީތެރިވެދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • މުވައްޒަފުންނަށް ތަމްރީނު ދިނުން.
  • ލައިބްރަރީގެ އިންސްޓްޓިއުޓުން ހިންގާ ކޯސްތަޢް ހިންގުމުގައި އެހީތެރިވެދިނުން.
  • ޤައުމީކުތުބުޚާނާއިން ހިންގާ ޢިލްމީ މަޢުލޫމާތު ދޭނެ ޝެޝަންތައް ހިންގުމަށް ބޭނުންވާ ފަންނީ އެހީއާއި ލެކްޗަރައިންގެ އެހީ

ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:15 އަށް މިކުތުބުޚާނާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 14:15 އަށް ޤައުމީކުތުބުޚާނާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ ( މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް )

މެދުޒިޔާރަތް މަގު، މާލެ ( ސަލްޓަންޕާރކްގެ އިރުއުތުރު ކަންމަތި )    

15 ރަބީޢުލްއާޚިރު 1436

05 ފެބުރުވަރީ 2015
ހޯދާ