ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނޫ ( ޤާނޫނު ނަންބަރު 2010/7 ) ގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންނަށް އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ބައްދަލުވުން 30 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެރޭ 20:30 ގައި ބުރުނީ ސިއްކަ ތަކުރުފާނު މައިޒާނުގައި އޮންނާނެއެވެ.

 

އެޖެންޑާ؛

 

  1. ޞަލަވާތުގެ ބަރަކާތުން ޖަލްސާ ފެށުން
  2. 2023 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހު ކައުންސިލް ހިނގާ ދިޔަގޮތުގެ ރިޕޯޓް ހުށަހެޅުން
  3. 2023 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓް ހުށަހެޅުން
  4. ކައުންސިލްގެ 04 ވަނަ ދައުރުގެ ދެވަނަ އަހަރުގެ ހާސިލް ކުރެވުނު ކަންތައްތަކާއި ދިމާވި ގޮންޖެހުންތައް ރައްޔިތުންނާއި ހިއްސާކުރުން.
  5. ރައްޔިތުންގެ ޚިޔާލު ހުށަހެޅުމާއި ސުވާލުތަކަށް ޖަވާބުދިނުން
  6. ބައްދަލުވުން ނިއްމުން

ވީމާ، މިބައްދަލުވުމަށް ދެޖިންސުގެ ހުރިހާ ރައްޔިތުން ވަޑައިގެން ދެއްވުމަށް ދަޢުވަތު ދެއްވައި މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 ޖުލައި 2023
ހޯދާ