މިލަދުންމަޑުލު އުތުރުބުރީ މަރޮށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އިޢުލާން

ށ.މަރޮށީ މެޖިސްޓްރޭޓް ކޯޓްގައި ކުރަންހުރި ބައެއް މަރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދުން

މިކޯޓްގެ ވަށާފާރުގައި ސިމެންތިޖަހައި، އެސްއެސް ގޭޓެއް ހަދައި ހަރުކޮށް ވޯކްވޭ ހަދައި އަދި ވަށާފާރުގައި ކުލަލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖުލައި 2023ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް މި ކޯޓަށް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންނަމަ ކަނޑައެޅިފައިވާ ގަޑި ޖެހުމުގެކުރިން [email protected] އަށް މެއިލް ކުރަންވާނެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 16 ޖުލައި 2023ވާ އާދީއްތަ ދުވަހުގެ 11:00ގައި މިކޯޓުގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 ޖުލައި 2023ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިކޯޓުގައި އެވެ.

ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކާއި، މަޢުލޫމާތު ސެޝަންއަށް ހާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

10 ޖުލައި 2023

10 ޖުލައި 2023
ހޯދާ