މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އާމްދަނީ އިން ޓެކްސް ނެގުމުގެ ޤާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ދީފައިވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ ލިސްޓް ޢާއްމުކުރުން

ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 1-12 ވަނަ މާއްދާގެ ދަށުން އާމްދަނީ އިން ޓެކްސް ދެއްކުމުން އިސްތިސްނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތްތަކުގެ ދަފުތަރު، ޤަވާއިދު ނަންބަރު 59-R/2022 (ވިޔަފާރި މަޝްރޫޢުތަކާއި ދާއިރާތަކުން ލިބޭ އާމްދަނީ އިން ޓެކްސް ދެއްކުމުން ޚާއްޞަ އިސްތިސްނާ ދިނުމާބެހޭ ގަވާއިދު) ގެ 7 ވަނަ މާއްދާ އާ އެއްގޮތްވާގޮތުގެ މަތިން ޢާންމުކޮށް އިޢުލާންކުރީމެވެ. އަދި މި ދަފްތަރު، މި މިނިސްޓްރީގެ ވެބްސައިޓުގައި https://www.finance.gov.mv/publications/exemptions-under-income-tax-act)) ޝާއިޢުކޮށްފައިވާ ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

22 ޛުލްހިއްޖާ 1444

10 ޖުލައި 2023

10 ޖުލައި 2023
ހޯދާ