މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
5 ރަށަކަށް ޖަނެރޭޓަރު ސެޓާއި ކަރަންޓު ވިއުގައެއް ޤާއިމުކުރުމަށް

ޕްރޮޖެކްޓް ނަންބަރު: TES/2015/G-03

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

1. ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓްގެ ދަށުން 5 ރަށަކަށް ޖަނެރޭޓަރު ސެޓާއި ކަރަންޓު ވިއުގައެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.

2. ވީމާ، ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓްގެ ބޭނުމަށް ކަރަންޓު ވިއުގަ ޑިޒައިންކޮށް، ޑީސަލް ޖެނެރޭޓަރ އިންސްޓޯލްކޮށް ޑިސްޓްރިބިއުޝަން ނެޓްވާރކް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ބެލެހެއްޓުމަށް ޝަރުޠު ހަމަވާ ފަރާތެއް، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

3. މިމަސަތްކަތް ކުރާނެ ފަރާތެއް ހޮވާނީ ބައިނަލްއަޤުވާމީ ވާދަވެރި ބީލަމުގައި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ގައިޑްލައިންސް އާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.

4. ރަޖިސްޓްރޭޝަން ފީ ބަލައިގަންނާނީ 10 ފެބުރުވަރީ 2015 އިން 07 އެޕްރީލް 2015އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30އަށް މި މިނިސްޓްރީންނެވެ. ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100.00 (އެއްސަތޭކަ) އެމެރިކާ ޑޮލަރު ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި ލިބިވަޑައިގަންނަވާނެއެވެ.

5. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 14:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ.

6. މިޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 9 މާރިޗު 2015ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

7. ބިޑްސެކިޔުރިޓީގެ ގޮތުގައި ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ޢަދަދު ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑްހުށަހަޅާ ތާރީޚުން ފެށިގެން 208 ދުވަހެވެ.

8. ބިޑް ހުޅުވުން އޮންނާނީ 08 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ،ދިވެހިރާއްޖެ،

ޓެލެފޯން: 3349106 960+ / 3349266 960+

ފެކްސް: 3320706 960+

އީމެއިލް: [email protected]

10. އަދި މިއިޢުލާން ތިރީގައިވާ ވެބްސައިޓްތަކުގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

www.finance.gov.mv

www.environment.gov.mv

www.adb.org

08 ފެބުރުވަރީ 2015
ހޯދާ