މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Dr. B. R. Ambedkar University Delhi / India

Dr. B. R. Ambedkar University Delhi / India

    

      އިންޑިއާގެ ޑރ.ބީ.އާރ. އަމްބޭޑްކަރު ޔުނިވަރސިޓީ ދިއްލީގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ބެޗްލަރސް، މާސްޓަރސް އަދި ޕީ.އެޗް.ޑީ ޕްރޮގްރާމްތަކުގައި ދިވެހިރާއްޖޭގެ ދަރިވަރުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެފަރާތުންވަނީ އަންގަވާފައެވެ. މިސްކީމްގެ ދަށުން ހުރިހާ ޚަރަދުތައް ހަމަޖައްސަންޖެހޭނީ ދަރިވަރުން އަމިއްލައަށެވެ.  

މި ޕްރޮގްރާމްގެ ދަށުން ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއި ބެހޭ އިތުރު މަޢުލޫމާތުގެ ތަފްޞީލް މި ޢިއުލާނާއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާނެއެވެ.                   

މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖުލައި 2023 ވާ ހޮނިހިރު ދުވަހެވެ. މި ސްކޮލަރޝިޕް ފުރުޞަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކްގައިވާ އޮންލައިން ޕޯރޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ދަންނަވަމެވެ.

https://aud.ac.in/admissions/foreign_student/2023

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

09 ޖުލައި 2023
ހޯދާ