މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024-2023 އަށް ދިރާސީ އަހަރު ދަރިވަރުން ޕްރީސްކޫލަށް ވެއްދުމާގުޅޭ

2024-2023 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ޕްރީސްކޫލަށް ވެއްދުމާގުޅޭ

2024-2023 ވަނަ އަހަރުގެ ދިރާސީ އަހަރަށް ގޮއިދޫ ޕްރީސްކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައި މިދަންނަވާ ގޮތުގެ މަތިން ކަމުގައި ދަންނަވަމެވެ.

 

ގްރޭޑް

2024-2023 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

ބޭބީ ނާސަރީ

2023 ޖުލައި 31 އަށް 2 އަހަރުފުރި 3 އަހަރު ނުފުރޭ ދަރިވަރުން

ނާސަރީ

2023 ޖުލައި 31 އަށް 3 އަހަރުފުރި 4 އަހަރު ނުފުރޭ ދަރިވަރުން

 

ވީމާ، ސްކޫލަށް ކުދިން ވެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ޖުލައި 10 ވާ ހޯމަ ދުވަހުން ފެށިގެން 2023 ޖުލައި 20 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 13:00 އަށް ގޮއިދޫ ކައުންސިލްގެ އިދާރާއިންނެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

09 ޖުލައި 2023
ހޯދާ