މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދި ޕްލޭސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

2023/2024 ވަނަ އަހަރުގެ ނާސަރީ އަދި ބޭބީ ނާސަރީ އަށް ދަރިވަރުން ސްކޫލަށް ވެއްދުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ މިކްލާސްތަކަށް އަލަށް ދަރިވަރުން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން 25 ޖުލައި 2023 ގެ 13:00 ގެ ކުރިން މިއިދާރާއަށް ރަޖިސްޓްރޭޝަން ފޯމް ހުށައެޅުމަށް ދަންނަވަމެވެ. ރަޖިސްޓްރޭޝަން ފޯމް، މިއިދާރާގެ ކައުންޓަރުންނާއި، ކެނދި ޕްލޭސްކޫލުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. ފޯމް ބަލައިގަންނާނީ ހަމައެކަނި ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއަށް ކަމުގައި ދަންނަވަމެވެ. އަދި ފޯމާއެކު، ހުށައެޅުމަށް ދަންނަވާފައިވާ ލިޔުންތައް ހަމަކުރައްވާ ފޯމް ހުށައެޅުމަށް ސަމާލުކަންދިނުމަށް ދަންނަވަމެވެ.

ފީދެއްކުމާއި ގުޅޭ މަޢުލޫމާތު، ފޮތްލިސްޓް އަދި ދަރިވަރުންގެ ޔުނީފޯމާއި ގުޅޭ މަޢުލޫމާތު، ކިޔެވުން ފެށުމުގެ ކުރިން ބެލެނިވެރިންނާއި ޙިއްސާކޮށް އޮޅުންފިލުވައިދެވޭނެކަމުގައި ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ކެނދި ޕްލޭސްކޫލްގެ ފޯކަލް ޕޮއިންޓް، އ.ތ.މ ކޮމިޓީގެ ނައިބުރައީސް، ނަޛްފާ މުޙައްމަދު ސަޢީދު (9661385) އަށް ގުޅުއްވުމަށް ދަންނަވަމެވެ.

ގްރޭޑް

ޢުމުރުފުރާ

ބޭބީ ނާސަރީ

1 އޮގަސްޓް 2023 ގެ ނިޔަލަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ދަރިވަރުން

ނާސަރީ

1 އޮގަސްޓް 2023 ގެ ނިޔަލަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ދަރިވަރުން

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

21  ޛުލްޙިއްޖާ    1444

09  ޖުލައި      2022

09 ޖުލައި 2023
ހޯދާ